އެލައިޑް އިންޝުއަރެންސް އާއި އެ ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް އިން ހޯމް ކޮންޓެންޓު ޕްލޭނެއް ނަގައިގެން ސްމާޓް ޓީވީއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެލައިޑުން ބުނީ އަންނަ މަހުގެ 10 އާ ހަމައަށް ކުރިއަށްދާ ޕްރޮމޯޝަންގައި ބައިވެރިވުމަށް ހަދަންޖެހޭނެ ގޮތަކީ އެލައިޑްގެ މޯބައިލް އެޕް ނުވަތަ ވެބްސައިޓް، މެދުވެރިކޮށް ހޯމް ކޮންޓެންޓް ޕްލޭނެއް ނަގަންޖެހޭނެ އެވެ.

އެއަށްފަހު އެލައިޑްގެ ފޭސްބުކް ޕޭޖުގައިވާ ޕްރޮމޯޝަންގެ ޕޯސްޓަރު ޕަބްލިކް ސެޓިންގައި ހިއްސާކުރަންޖެހޭނެ އެވެ. ޕޯސްޓް ހިއްސާކުރާއިރު އެލައިޑްގެ ފޭސްބުކް ޕޭޖާއި އަޔާދީ ތަކާފުލްގެ ފޭސްބުކް ޕޭޖު ޓެގު ކުރަންޖެހޭނެ އެވެ.

އެލައިޑްގެ އިންޝުއަރެންސް ޕެކޭޖުތަކުގެ ތެރޭގައި ހޯމް ކޮންޓެންޓުގެ ތިން ޕްލޭނެއް ހިމެނެ އެވެ.

  • އަޔާދީގެ ހޯމް ކޮންޓެންޓް ތަކަފުލް: މިއީ ކަސްޓަމަރު ބޭނުން ގޮތަކަށް ކަސްޓަމައިޒް ކުރެވޭނެ ޕެކޭޖެއް. ގޭގެ ފަތުނީޗަރުން ފެށިގެން ގޮސް ގުދުރަތީ ކާރިސާއަކުން ލިބޭ ގެއްލުން ކަވާ ކުރެވޭނެ
  • އަހަރެންގެ ހިޔާ: މިއީ ހިޔާ ފްލެޓުގައި އުޅޭ މީހުންނަށް ހާއްސަ ޕެކޭޖެއް
  • ހިޔާވަހި: މިއީ ވެސް ގެ އާއި ފަރުނީޗަރު އިންޝުއާ ކުރަން ހާއްސަ ޕެކޭޖެއް