އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށްލާ އިތުބާރާއެކު އިންޓަނެޓްގެ ފުރިހަމަ ބޭނުން ކުރުމަށް މޮބައިލް ކަނެކްޝަނެއް ހޯދަނީނަމަ، އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތައް ބައްލަވާލައްވާށެވެ.

އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތަކުން ލިބިވަޑައިގަންނަވާ ޑޭޓާ އަދި ވޮއިސް ގެ ހިދުމަތްތަކުގެ އިތުރުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން އުރީދޫއިން އެންމެ ފަހުން ތައާރަފްކުރި އޮފާއާއެކު ޕެރިހުގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗް ލައިވްކޮށް ބެލާލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ނަސީބުވެރި އެއް ފަރާތަކަށް ލިބޭ މި ފުރުސަތުގައި ސްޓޭޑިއަމްގެ ޓިކެޓުގެ އިތުރުން 2 ރެއާއި 3 ދުވަހުގެ ފުލް ބޯޑް އެކޮމޮޑޭޝަނާއެކު ޕެރިސް ދެކޮޅު ޓިކެޓް ލިބެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މިހާރު ގެންގުޅުއްވާ ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކޮށްލުމުން އޮޓޮމެޓިކް އިން ބައިވެރިވެވޭނެ އެވެ. ޕްރިޕެއިޑް ގެންގުޅުއްވާ ފަރާތްތަކުން އުރީދޫ ޕޯސްޓްޕެއިޑް އަކަށް ބަދަލުކޮށްލުމުން ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. ހަމަ އެއާއެކު 31 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި އަލަށް އުރީދޫ އާއި ގުޅިވަޑައިގަންނަ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އާބާދީގެ 100 ޕަސެންޓަށް އުރީދޫ ގެ ހަލުވި 4ޖީ+ ކަވަރޭޖް މިހާރު ވެސް ފޯރުކޮށްމުން ދާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް މޮބައިލް ކަނެކްޝަނެއް ހެޔޮއަގުގައި ލިބެ އެވެ. ކޮންމެ ތަނެއްގައި ހުރި ނަމަވެސް ހަލުވި ސްޕީޑްގެ އިންޓަނެޓްއާއި ވޮއިސް ކޯލްގެ ހިދުމަތް މެދުކެނޑުމެއް ނެތި ލިބިގެންދެ އެވެ.

އުރީދޫ ޕޯސްޓްޕެއިޑްއަކަށް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ވަރުގަދަ ނެޓްވޯކްގައި ބޮޑެތި ޑޭޓާ އެލަވަންސްތަކާއެކު ފުރިހަމަ ތަޖުރިބާއެއް ކަށަވަރުވެ އެވެ. އުރީދޫ ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯގައި އެކި އެކި ބޭނުންތަކަށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް އެކަށޭނެހެން ޑޭޓާ ހިމެނޭ ތަފާތު ޕެކޭޖްތައް ހެޔޮއަގުގައި ހިމަނާފައިވެ އެވެ.

އެގޮތުން ބަލާއިރު، އާޗާ ޕޯސްޓްޕެއިޑް ޕެކޭޖުތަކުން މުޅި މަހުގެ ތެރޭގައި ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާއިރު، އެކު ޕޯސްޓްޕެއިޑް ޕެކޭޖުތަކުން ސޯޝަލް މީޑިއާ، ސްޓްރީމިން އަދި ރެގިއުލާ ޔޫސޭޖަށް ހާއްސަ ޑޭޓާ ލިބެ އެވެ.

މި ޕޯޓްފޯލިއޯގައި ޑޭޓާ ބޭނުންކުރާ މިންވަރު މަދު ކަސްޓަމަރުންނަށް ހެޔޮ އަގުގައި ލިބެން ހުރި ނެޓުހެޔޯ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ވެސް ވަރަށް ފުރިހަމަ ޕެކޭޖްތަކެކެވެ.

އުރީދޫ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ފައިދާތަކަށް ބަލާއިރު ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު، މަސް ނިމޭއިރު ބޭނުން ނުކުރާ ޑޭޓާ ބޭކާރު ނުވާނެކަން ކަށަވަރު ކޮށް، އަނެއް މަހުގެ ޑޭޓާ އެލަވަންސަށް އެއްވެގެން ދެ އެވެ.

މީގެ އިތުރުން 1000 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕްލޭންތައް ގެންގުޅުއްވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާ މެމްބަރޝިޕާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މަޝްހޫރު ދިވެހި އަދި ބައިނަލްއަގުވާމީ ބްރޭންޑްތަކުން ތަފާތު އޮފާތަކާއި ޑިސްކައުންޓްތައް ލިބެ އެވެ. ހަމަ އެއާއެކު ނެޓުހެޔޯ އަދި އާޗާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއްފަހަރާ 3 މަހަށް، 6 މަހާށް، 12 މަހަށް، އަދި 24 މަސް ދުވަހަށް ޕޯސްޓްޕެއިޑް ބިލް ދައްކަވާ ފަރާތްތަކަށް 20 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

އުރީދޫ މޯލްޑިވްސް ޕޮސްޕެއިޑް ޕެކޭޖްތަކާއި ބެހޭ މައުލޫމާތު ހޯއްދެއްވުމަށް އަދި އެކްޓިވޭޓް ކުރުމަށް މި ލިންކަށް ޒިޔާރަތްކުރައްވާށެވެ.

އުރީދޫ އިން މިހާރު ކުރިއަށްދާ "ފްލައި ޓު ޕެރިސް" އޮފާއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މި ލިންކަށް ޒިޔާރަތްކުރައްވާށެވެ.