ފަލަސްތީނަށް އެހީވުމަށް އާބަންކޯ އިން ހުޅުމާލޭގައި ފަންޑް ރައިސިން އިވެންޓެއް ބޭއްވުމަށް ނިންމައިފި އެވެ.

އާބަންކޯއިން ބުނީ މިއިވެންޓް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކް ގައެވެ.

މި އިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވެ އެވެ.

އާބަންކޯ އިން ބުނީ މި ހަރަކާތްތައް މެދުވެރިކޮށް ލިބޭ ހުރިހާ ފައިސާއެއް ވެސް ހަދިޔާ ކުރާނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށެވެ.

އެހެންކަމުން ވީހާވެސް ގިނަ ބަޔަކު މި އިވެންޓްގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމަށް އާބަންކޯ އިން ވަނީ އެދިފަ އެވެ.