މިމަހުގެ ނިޔަލަށް "ވިން އަ ޓެސްލާ ޕްރޮމޯޝަން"ގައި ބައިވެރިވެގެން ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި މި ކުލަގަދަ ޕްރޮމޯޝަނާއެކު ދިރާގު ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖްތަކަށް 31 ޖަނަވަރީ 2024ގެ ކުރިން ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެންމެ ޒަމާނީ، އިލެކްޓްރިކް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި 30 ނޮވެންބަރުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ދެގުނަ ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

މި ޕ ޕްރޮމޯޝަންގައި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށް ވެސް ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް އެފަރާތްތަކުގެ ޝަރުތުފުރިހަމަވާ ހުރިހާ ނަންބަރުތަކެއް ލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. އަދި 30 ނޮވެންބަރުގެ ކުރިން ބައިވެރިވާ ކޮންމެ ނަންބަރެއް ދެގުނަ ކުރެވިގެންދާނެ އެވެ.

މި ޕްރޮމޯޝަނަކީ އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކް ތަޖުރިބާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެގޮތުން ދިރާގުގެ ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ ކަސްޓަމަރުންނަށް އެފަރާތްތަށް އެކި ބޭނުންތައް ފުއްދުމަށް، ތަފާތު ސްޕީޑްތަކާއި އެލަވަންސްތަކާއި އަގުތަކުގައި ފަރުމާކުރެވިފައިވާ ޕެކޭޖްތަކެކެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް https://bit.ly/45R88YM

ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.