"އެންމެނަށް މީޑިއާނެޓް" ތީމްގެ ދަށުން، މީޑިއާނެޓްގެ ވަރަށް ޚާއްސަ އިވެންޓެއް އަވަށްޓެރި ސްރީލަންކާގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބްރޯޑްކާސްޓިންގް ކުންފުނި، މީޑިއާނެޓުން ބުނީ މި އިވެންޓަކީ ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ޚާއްސަކޮށްގެން ބާއްވާ އިވެންޓެއް ކަމަށެވެ.

މީޑިއާނެޓުން ވަނީ "އެމް އެސް ގްލޯބަލް" ގެ ނަމުގައި ހިދުމަތެއް ތައާރަފްކޮށްފަ އެވެ. މި ހިދުމަތާއެކު ރާއްޖެއިން ބޭރުގައި ވެސް ދިވެހި ޗެނަލްތައް ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މީޑިއާނެޓުގެ ވީޑިއޯ ކްލަބްގެ ހިދުމަތުގައި ހިމެނޭ ދިވެހި ފިލްމާއި ސީރީޒް އަދި ދުނިޔޭގެ މަގްބޫލު ފިލްމުތަކާއި ސީރީޒްތައް ބެލޭނެ އެވެ. އެއީ "އެމް އެސް ލައިޓް ގްލޯބަލް" ހިދުމަތް މެދުވެރިކޮށް ޓީވީ އިން އަދި "އެމް އެސް ޑިޖިޓަލް ގްލޯބަލް" ހިދުމަތް މެދުވެރިކޮށް ފޯނުންނެވެ.

އެމް އެސް ގްލޯބަލް ހިދުމަތައް ހާއްސަކޮށްގެން ބާއްވާ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 16 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ން ރޭގަ ނޑު 10:00 އަށް ދިވެހިންގެ ތެރޭގައި މަގްބޫލު ކެފޭއެއް ކަމުގައިވާ ސްރީލަންކާގެ ގުރުވަ ކެފޭގަ އެވެ.

މި އިވެންޓުގައި އެމްއެސް ގްލޯބަލް ޚިދުމަތާ ގުޅޭ މައުލޫމާތު ދިނުމާއި ރަޖިސްޓްރޭޝަން ފުރިހަމަކުރުން ކުރިއަށް ދާނެ ކަމަށް އެކުންފުނިން ބުނެ އެވެ. ހަމައެހެންމެ އިވެންޓް ކުރިއަށްދާއިރު ކެފޭގައި އެމް އެސް ގްލޯބަލް އެކްސްޕީރިއަންސް ކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މި އިވެންޓްގެ ރޭގަނޑު ދަންފަޅީގައި ލައިވް މިއުޒިކް ވެސް ކުރިއަށްދާނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ. މި އިވެންޓަކީ ސްރީލަންކާގައި ދިރިއުޅޭ ގިނަ ދިވެހިންނަށް އެއްތަނަކުން ބައްދަލުކޮށްލާ ވަގުތުތަކެއް ހޭދަކޮށްލުމަށް ލިބިގެންދާނެ ފުރުސަތެއްކަން ވެސް ފާހަގަކުރެ އެވެ. އެމްއެސް ގްލޯބަލް ހިދުމަތް ބޭނުންކުރުމަށް ބޭނުންވަނީ ހަމައެކަނި ރަނގަޅު އިންޓަނެޓް ކަނެކްޝަނެކެވެ.

މީޑިއާނެޓް އެޕްލިކޭޝަން އެންޑްރޮއިޑް ޓީވީއަށް އިންސްޓޯލް ކޮށްލައިގެން މި އެޕްލިކޭޝަން ބޭނުންކުރެވޭއިރު ޕްލޭ ސްޓޯ އަދި އެޕް ސްޓޯރުން ފޯނު ޑިވައިސްތަކަށް އިންސްޓޯލް ކުރެވޭނެ އެވެ. އެމްއެސް ލައިޓް ގްލޯބަލް ޕެކޭޖުގެ އަގަކީ މަހަކަށް އެންމެ 199 ރުފިޔާ އެވެ. އަދި އެމްއެސް ޑިޖިޓަލް ގްލޯބަލް ޕެކޭޖްގެ އަގަކީ މަހަކަށް އެންމެ 74 ރުފިޔާ އެވެ. މި ދެ ހިދުމަތަށް ހާއްސަ އަހަރީ ޕްލޭންތަކެއް ވެސް މީޑިއާނެޓުން ވަނީ ތައާރަފްކޮށްފަ އެވެ.