ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން އަދި ހިލޭ ރައުޓަރު ލިބޭ ލިމިޓަޑް ޓައިމް ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

މި ޕްރޮމޯޝަނާއެކު ނޮވެންބަރު 21ގެ ކުރިން ފައިބަ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކޮށްގެން ރެސިޑެންޝަލް ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

ދިރާގުން ބުނީ މިއީ އެއްވެސް ސެޓްއަޕް ފީއަކާ ނުލައި ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަ ނެޓްވޯކްއަށް ގުޅޭލެވޭނެ ކަމަށެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް މިހާރު ދިރާގުން ކުރިއަށް ގެންދާ ޚާއްސަ "ވިން އަ ޓެސްލާ ކާ" ޕްރޮމޯޝަންގައި ވެސް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

އެގޮތުން މި ޕްރޮމޯޝަނާއެކު ދިރާގު ފައިބަ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެންމެ ޒަމާނީ، އިލެކްޓްރިކް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގެ ގޭބިސީގެ 91 އިންސައްތައަށް ފޯރުކޮށްދެވިފައިވާ، ރާއްޖޭގެ އެންމެ ބޮޑު ފައިބަ ނެޓްވޯކް އެވެ. އެގޮތުން ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ ކަސްޓަމަރުންގެ އެކި ބޭނުންތައް ފުއްދުމަށް، ތަފާތު ސްޕީޑްތަކާއި އެލަވަންސްތަކާއި އަގުތަކުގައި ފަރުމާކުރެވިފައިވާ ޕެކޭޖްތަކެކެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށްވެސް އެކުންފުނީން ބުނެ އެވެ.