ބޮޑެތި އިނާމުތަކާއެކު އެސްޓީއޯ އިން "ހެއްޔާ" މަކިޓާ ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާން އެވެ.

އެސްޓީއޯ އިން ބުނިގޮތުގައި މަކިޓާ ޝޯރޫމްގެ އިތުރުން ރީޖަނަލް އައުޓްލެޓްތަކުގައި ވެސް މި މުއްދަތުގައި ޕްރޯޝަން ކުރިޔަށް ގެންދާނެ އެވެ.

ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިލައްވާއިރު 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ހެއްޔާ މަކިޓާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން..

މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން އެއް ވަނަ އަށްދާ ފަރާތަކަށް މަކިޓާ ޝޯރޫމްގެ 30،000 ރުފިޔާގެ ގިފްޓް ވޮއުޗައެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އަދި ދެވަނައަށް 20،000 ރުފިޔާގެ ގިފްޓް ވޮއުޗައެއް ލިބޭ އިރު ތިންވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ ގިފްޓް ވޮއުޗަރެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ކުރިޔަށް ގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. މި މުބާރާތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތެއް ހޮވައި އެ ފަރާތަކަށް މަކިޓާގެ އުފެއްދުންތައް އިނާމުގެ ގޮތުގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.