އެލައިޑުގެ ސޯޝަލް މީޑިއާ ފޭސްބުކް ޕޭޖް ފޮލޯކޮށްގެން އަދި ޝެއާކޮށްގެން ފިލްމެއްގެ ޓިކެޓު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެލައިޑުން ހުޅުވާލި މި ފުރުސަތު ހޯދުމަށް އެލައިޑުގެ ފޭސްބުކް ޕޭޖަށް ފޮލޯ ކުރަން ޖެހެ އެވެ. އަދި މިކަމާ ގުޅޭ ޕޯސްޓް ޕަބްލިކްކޮށް ސްޓޯރީއަށް ނުވަތަ އަމިއްލަ ޕްރޮފައިލަށް ޝެއާ ކުރުމަށް ފަހު، ތިން އެކުވެރިން އެ ޕޯސްޓުގައި ޓެގް ކޮށްލާނީ އެވެ.

މިގޮތުން ކޮންމެ ހަފްތާއަކު ބުރާސްފަތި ދުވަހު ގުރު ނަގާނެ އެވެ. އަދި ހޮވޭ ފަރާތަކަށް ހިލޭ ދެ ޓިކެޓު ޝްވެކުން ފިލްމެއް ބަލަން ދިއުމަށް ލިބޭނެ އެވެ. ޝްވެކް ސިނެމާގައި މަޤްބޫލު ގިނަ ފިލްމުތައް މިހާރު ވެސް އަޅުވަމުންދެ އެވެ.

https://www.facebook.com/alliedmv/posts/732326552258351?ref=embed_post

އެލައިޑުން ހުޅުވާލި މި ފުރުސަތު މިމަހުގެ 1 ވަނަ ދުވަހުން ފެށިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ފިލްމު ބަލަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތެއް ގޮތުގައި އެލައިޑުން ވަނީ ފާހަގަކޮށްފަ އެވެ.