އަހަރު ނިންމުމުގެ ގޮތުން މީޑިއާނެޓުން އަގުހުރި އިނާމު ތަކަކާއެކު ވަރަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.

"އަޕްގްރޭޑް އެންޑް ވިން" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ އިއްޔެ އިން ފެށިގެން މި އަހަރުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގައި މީޑިއާނެޓުގެ ހިދުމަތް ބޭނުންކުރައްވާ ހުރިހާ ރެޒިޑެންޝަލް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މީޑިއާނެޓު ކަސްޓަމަރުން މިހާރު ގެންގުޅުއްވާ ނުވަތަ އެންމެ ފަހުން އެކްޓިވްކޮށް ގެންގުޅުއްވި ޕެކޭޖަށްވުރެން ބޮޑު ކޮންމެ ޕެކޭޖެއް ބައްލަވައިގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނުގައި ނަސީބުވެރި ތިން ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ތިން ފަރާތަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަކީ:

  • އައިފޯން 15 ޕްރޯ
  • ޓީ ސީ އެލް ބްރޭންޑްގެ 55 އިންޗި ޓީވީ
  • ސެމްސަންގް ސައުންޑްބާރ އެއް ސަބްވޫފާއާއެކު

ޑިސެމްބަރު މަހަކީވެސް މީޑިއާނެޓުގެ ޗެނަލްތަކުން ތަފާތު މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއި ފޯރިގަދަ މެޗުތައް އަދިވެސް އެހެނިހެން ކޮންޓެންޓް ފެނިގެންދާނެ މަހެކެވެ. އެގޮތުން ދުނިޔޭގެ އެންމެ ފޯރިގަދަ ހަތަރު ފުޓުބޯޅަ ލީގުގައި ގިނަ މެޗުތަކެއް ޑިސެމްބަރު މަހު ކުޅުމަށް ހަމަޖެހިފައިވާއިރު އައިސް ނެޓްވޯކްގެ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް މި މެޗުތައް ވަގުތުން ބެލޭނެއެވެ.

ދިވެހިންގެ ތެރޭގައި މަގްބޫލު ޑްރާމާ ސިލްސިލާތައް އަދި އިންޑިއަން އައިޑަލް އާއި ޖަލަކް ދިކް ލާޖާ ފަދަ މަޝްހޫރު ރިއަލިޓީ ޝޯވްތަކުގެ އެޕިސޯޑުތައްވެސް މި މަހު މީޑިއާނެޓުގެ ޗެނަލްތަކުން ފެންނާނެ އެވެ. ހަމަ އެހެންމެ މިއަހަރު ރިލީޒްކުރެވުނު އެންމެ ހިޓް އެއް ހިންދީ ފިލްމުކަމުގައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ވެސް މީޑިއާނެޓު ކަސްޓަމަރުންނަށް މި ޑިސެމްބަރު މަހު ކަލާޒް ސިނެޕްލެކްސް ޗެނަލުން ފެންނާނެ އެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ކާޓޫން ޕްރޮގްރާމްތައް "މޫންބަގް" ޗެނަލް މެދުވެރިކޮށް އަދި ދީނީ ހާއްސަ ޕްރޮގްރާމްތަކެއް "ދާރިސް ޓީވީ" ޗެނަލް މެދުވެރިކޮށް މި ޑިސެމްބަރު މަހު މީޑިއާނެޓުން ދެއްކުމަށްވަނީ ހަމަޖެހިފަ އެވެ.

ޕެކޭޖު ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު މީޑިއާނެޓުގެ "ކުއިކް ޕޭ" ޕޯރޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕެކޭޖަށް ފައިސާ ދެއްކޭނެ އެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރި ތިން ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގަ އެވެ.