އައު އަހަރުގެ ޗުއްޓީ ހޭދަކުރަން މިދިޔަ ޖެނުއަރީ މަހު ދުނިޔޭގެ އެކި ހިސާބުތަކުން މަޝްހުރު އެތައް މީހުންނެއް ވަނީ ރާއްޖެ އައިސްފަ އެވެ.

ބޮލީވުޑަށް އެކަނި ބަލާލިކަމުގައި ވިޔަސް ލަވް އައިލެންޑްގެ ތަރިންނާއި ލަވަކިޔުންތެރިންނާ މޮޑެލުން ވެސް މި ލިސްޓުގައި ހިމެނެ އެވެ.

1.އިންނާ

ރޮމޭނިއާއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އިންނާ ވަނީ ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފަ އެވެ. ޔައްލާ، ރުލޭތާ، ޑިގީ ޑައުން، ކޯލާ ސޯންގް ޓު އިންޑިއާ ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ އިންނާ ވަނީ ރާއްޖޭގައި ނަގާފައި ހުރި ރީތި ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ކޮކޫން މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރި އިންނާ ރާއްޖެ އައި މިއީ ފުރަތަމަ ފަހަރެވެ.

ރޮމޭނިއާއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އިންނާ

2. އެޑް ވެސްޓްވިކް

ފިލްމީ ތަރި އެޑް ވެސްޓްވިކް އޭނާގެ ލޯބިވެރިޔާއާ ތަމާރާ ފްރެންސެސްކޯނީ އެކު ޗުއްޓީ ހޭދަކޮށްފައި ވަނީ ސޮނެވާ ޖާނީ އަދި ސޮނެވާ ފުށީގަ އެވެ. ސައުތު އެފްރިކާއަށް ނިސްބަތްވާ މޮޑެލް ތަމާރާ ވަނީ މި ޗުއްޓީގައި ނަގާފައިވާ ލޯބި ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

3. ޖޮއާނާ ޗިމޮނިޑްސް

ލަވް އައިލެންޑްގެ ޖޮއާނާ ޗިމޮނިޑްސް ރާއްޖެ އައިސްފައިވަނީ ލަވް އައިލެންޑްގެ އެހެން ކުދިންނާއެކު "ވޯކް ޓްރިޕް" އެއްގަ އެވެ. އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ވެލައްސަރު މޯލްޑިވްސްގަ އެވެ.

4. ސާރާ އަލީ ހާން

ބޮލީވުޑްގެ ތަރި ސާރާ އަލީ ހާން ޗުއްޓި ހޭދަކޮށްފައި ވަނީ ދުނިޔޭގެ ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް އޮފް 2020 ގެ ލަގަބު ލިބިފައިވާ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓްގަ އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ކޮއްކޮ އިބްރާހީމާއި މަންމަ އަރްޕިތާ ސިންގާ އެކު އެވެ.

ބޮލީވުޑްގެ ތަރި ސާރާ އަލީ ހާން

5. ޖޯޖިއާ ސްޓީލް

ރިއަލިޓީ ޓީވީ ތަރި ޖޯޖިއާ ސްޓީލް ވެސް ރާއްޖެ އައިސްފައިވަނީ "ވޯކް ޓްރިޕް" އެއްގަ އެވެ. ލަވް އައިލެންޑްގެ މި ތަރި ރާއްޖެ އައިސްފައި ވަނީ ދުބާއީ އިންނެވެ. ޖޯޖިއާ ޗުއްޓީ ހޭދަކޮށްފައިވަނީ ވެލައްސަރު މޯލްޑިވްސް ރިސޯޓްގަ އެވެ.

6. ޔަޝް

މި ކޭއެފްޖީ ތަރި ޗުއްޓީ ހޭދަކުރަން ރާއްޖެ އައީ އަންހެނުން ރާދިކާ ޕަންޑިތް އާއި ދަރިންނާއި އެކުގަ އެވެ. ޔަޝްގެ އާއިލާ ޗުއްޓީ ހޭދަކުރީ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑްގަ އެވެ.

ކޭއެފްޖީ ތަރި ޔަޝް.

7. ޖެސިކާ ކަހަވާޓީ

މިސް ވޯލްޑް އޮސްޓްރޭލިއާ 2012 ގެ ލަގަބު ހާސިލްކުރި ޖެސިކާ ކަހަވާޓީ އާ އަހަރު ފާހަގަކުރުމަށް އައީ ރާއްޖެ އަށެވެ. މި ލެބަނީސް-އޮސްޓްރޭލިއަން މޮޑެލް ވަނީ އޭނާގެ ޗުއްޓީގެ ރީތި ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

ޖެސިކާ ކަހަވާޓީ

8. ނިކީޓާ ޝަރްމާ

ޓީވީ އެކްޓްރެސް އަދި މޮޑެލް ނިކީތާ ޝަރްމާ ވަނީ އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފަ އެވެ. މިއީ ނިކީތާ ރާއްޖެ އައި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2019 ވަނަ އަހަރުވެސް ނިކީތާ ވަނީ ރާއްޖެ އައިސްފަ އެވެ.

ނިކީޓާ ޝަރްމާ

9. ޑޭވިޑް ގުއެޓާ

އެވޯޑް ވިނިން ޑީޖޭ އެއް ކަމަށްވާ ޑޭވިޑް ގުއެޓާ ވެސް ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފަ އެވެ. އޭނާ ރާއްޖެ ސިފަކޮށްފައި ވަނީ "ސުވަރުގެ" އެއްގެ ގޮތުގަ އެވެ.

10. ކޭޑީ މެކްޑާމޮޓް

ލަވް އައިލެންޑްގެ ތަރިއެއް ކަމަށްވާ ކޭޑީ މެކްޑާމޮޓްވެސް ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފަ އެވެ. އޭނާ އައިސްފައިވަނީ ލޯބިވެރިޔާ މައިލްސް ބާނެޓް އާއި އެކުގަ އެވެ.

ކޭޑީ މެކްޑާމޮޓް