ބޭނުން ގޮތަކަށް 100 ޖީބީގެ ޑޭޓާ ނެގޭނެ ޕެކްތަކެއް ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ އެކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު 100ޖީބީ ޑޭޓާ ޕެކްތަކާ އެކު ފަސޭހަކަމާއެކު ސްޓްރީމްކޮށް، ޑައުންލޯޑްކޮށް އަދި ގޭމް ކުޅެލެވޭނެ ކަމަށެވެ.

މި 100ޖީބީގެ ޑޭޓާ ޕެކްތަކާއެކު ދިރާގު ކަސްޓަމަރުންނަށް އެފަރާތްތަކުގެ އިންޓަނެޓް ބޭނުންތަކަށް ބަލައި ތަފާތު ޑޭޓާ އެލަވަންސްތަކާއި ފްލެކްސިބަލް ވެލިޑިޓީއތަކަށް ބަލާ ޕެކޭޖް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެ ޑޭޓާ ޕެކްތަކަކީ:

  • 100ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
  • 100ޖީބީ 5 ދުވަހުގެ މުއްދަތަށް 149 ރުފިޔާއަށް
  • 100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
  • 100ޖީބީ 15 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
  • 100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
  • 100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް

މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެ އެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް: https://bit.ly/3odf8z5

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.