އެސްޓީއޯގެ ބޯޑު ޑިރެކްޓަރުގެ މަގާމުން މުހައްމަދު ގައިސް ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ގައިސް ވަކިކޮށްފައިވަނީ އިއްޔެ އެވެ.

އޭނާއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އެސްޓީއޯ ބޯޑަށް އައްޔަނުކުރެއްވި ބޭފުޅެކެވެ. އޭނާ އެބޯޑަށް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ.

އެސްޓީއޯގެ ބޯޑުން ގައިސް ވަކިކޮށްފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މުއައްސަސާތަކާއި ކުންފުނިތަކަށް ބޭފުޅުން ހަމަޖެއްސުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.

އެސްޓީއޯގެ ބޯޑުގައި މިވަގުތު ތިއްބެވީ ޗެއާމަން އާމިރު މަންސޫރާއި މެނޭޖިން ޑައިރެކްޓަރު ޝިމާދް އިބްރާހިމް އާއި މުހައްމަދު މުރާދު އާއި މުހައްމަދު ނިޒާމް އާއި އިސްމާއިލް ޒުމައިލް ރަޝީދުގެ އިތުރުން މުހައްމަދު އަހުސަން ސަލީމެވެ.

އެސްޓީއޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯދާ ކުންފުންޏެވެ.