އެސްޓީއޯގެ އަހަރީ ދުވަހާ ގުޅިގެން ދެ ދުވަހުގެ ސޭލްއެއް ކުރިއަށް ގެންދިޔުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް މިސޭލް ކުރިއަށްދާނެ ކަމަށެވެ. މިސޭލަކީ އެސްޓީއޯގެ 59 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ ސޭލެކެވެ.

ސޭލް ކުރިޔަށްގެންދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އަދި ރީޖަނަލް ފިހާރަތަކުގަ އެވެ. ސޭލްގައި ކުރާ ކޮންމެ ވިޔަފާރިއަކަށް 20 އިންސައްތަ އާއި އާއި ހަމައަށް ބޮޑެތި ޑިސްކައުޓްތައް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މީގެ އިތުރުން މާދަމާ ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 59 ފަރާތަކަށް އެކިއެކި ސަޕްރައިޒް ހަދިޔާ ލިބޭނެ އެވެ. އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައި 2022 ވަނަ އަހަރު ކުރިޔަށް ގެންދިޔަ ސޭލްއަށްވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއްވަނީ ލިބިފަ އެވެ.

އެސްޓީއޯގެ ތާރީހާ ބެހޭގޮތުން ހާއްސަ ސޯޝަލްމީޑިއާ ކެމްޕެއިނެއް ހިންގުމަށްވެސްވަނީ ރޭވިފަ އެވެ. އަދި އެސްޓީއޯ ސްޓާފުންގެ މުދުގައި އަގުހުރި ގިނަގުނަ އިނާމުތައް ލިބޭނޭހެން އެކިއެކި ހަރަކާތްތައްވަނީ ރޭވިފަ އެވެ.