މޯލްޑިވިއަން އިން އަންނަ އަހަރުގެ ހޫނު މޫސުމުގެ ޑޮމެސްޓިކް ޝެޑިއުލް އާންމުކޮށްފި އެވެ.

ޔޫރަޕްގެ ހޫނު މޫސުމާ ދިމާކޮށް މޯލްޑިވިއަނުން ނެރުނު ޝެޑިއުލް 24 ގައިވާ ގޮތުން ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރާނެ އެވެ.

މިގޮތުން މ. މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުން މޯލްޑިވިއަން އިން ޖުމްލަ 18 މަންޒިލަކަށް ދަތުރުކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި 26 އޮކްޓޯބަރުގެ ކުރިން ފަސިންޖަރުންނަށް ދަތުރުގެ ޕްލޭން ހަދައި އެޑްވާންސްކޮށް ބުކް ކުރެވޭނެ. އަންނަ އަހަރުގެ ސްކޫލް ޗުއްޓީގެ މުއްދަތުގައި މޯލްޑިވިއަންގެ އެކި ކަންކޮޅުތަކުގައި އިތުރު ދަތުރުތައް ކުރާނެ،" މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަންގެ އެތެރޭގެ ނެޓްވޯކްގައި އަންނަ އަހަރުގެ ސްކޫލް ބަންދު ދުވަސްވަރާ ދިމާކޮށް ޖޫން 14 އިން އޮގަސްޓް 10 އަށް ދަތުރުތައް އިތުރުކުރަން ވެސް ނިންމާފައިވެ އެވެ.

"މި ޝެޑިއުލް ހަދާފައިވަނީ ދަތުރުވެރިންނަށް ފަސޭހަވާނެ ވަގުތުތަކަކަށް އިސްކަންދީގެން. އެގޮތުން ފެރީގެ ހިދުމަތް ލިބެން ހުރި ގޮތަށް ބަލައި އައިޑިއަލް ކަނެކްޝަން ޓައިމަކާއެކު އެމްޓީސީސީގެ އާރްޓީއެލް ފެރީއާ ފަސިންޖަރުންނަށް ފަސޭހައިން ގުޅާލެވޭނެ. ކޯޕަރޭޓް ކްލައިންޓުން (ރިސޯޓް، ގެސްޓްހައުސް، ސަފާރީ ބޯޓް) ވެސް އަޅުގަނޑުމެންގެ ހުރިހާ ޑިސްޓްރިބިއުޝަން ޗެނަލްތައް މެދުވެރިކޮށް އެޑްވާންސްކޮށް ބުކް ކުރެވޭނެ،" މޯލްޑިވިއަނުން ބުންޏެވެ.