ދިރާގު ބްރޯޑްބޭން ކަނެކްޝަނާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި ހިދުމަތާއެކު ސްކޫލް ޗުއްޓީ އަދި އާ އަހަރުގެ ދަތުރުތަކުގައި ހުރިހާ ތަނަކަށް ވެސް ޑޭޓާ ހިފައިގެން ދެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގެ ދަށުން އާ މޮބައިލް ބްރޯޑްބޭންޑް 749 ނުވަތަ މަތީގެ ކަނެކްޝަންތަކަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސްއެއް ލިބޭނެ ކަމަށެވެ. އަދި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް މޮބައިލް ބްރޯޑްބޭންޑް ޕެކޭޖަކަށް ސަބްސްކްރައިބް ކޮށްގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގުގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް، ކޮންމެ ވަގުތަކު ކޮންމެ ތަނަކަށް ދިޔަޔަސް، މެދުކެނޑުމެއްނެތި ގުޅުވާލަ ދިނުން ކަމަށެވެ.

މި ޕްރޮމޯޝަނާ އެކު މި ޗުއްޓީ މޫސުމުގައި ދަތުރުކުރާ ހުރިހާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ރައްޓެހިންނާއި އާއިލާއާ ވާހަކަދައްކާލާ ގުޅުން ބަދަހިކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.