ދިރާގުން މީލާދީ އާ އަހަރު، 2024 ފާހަގަކުރުމުގެ ގޮތުން ޚާއްސަ އޮފާތަކެއް ލޯންޗުކޮށްފި އެވެ.

އާ އަހަރަށް މަރުހަބާ ކިޔުމާއި އުފާފާޅުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަ އޮފާތައް ފަރުމާކޮށްފަ އެވެ.

މީގެތެރޭގައި:

  • ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ޕްރޮމޯ: ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 2024 ރުފިޔާއަށް ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ސަބްސްކްރައިބް ކުރެވޭނެ އެވެ. އެގޮތުން ސަޅި އެނުއަލް ޕްލޭނާއެކު ކަސްޓަމަރުންނަށް 365 ދުވަހަށް ދުވާލަކު 1ޖީބީ ލިބޭއިރު، ސަޅި 180 ޑޭސް ޕްލޭނާއެކު ދުވާލަކު 4ޖީބީ، 180 ދުވަހަށް ލިބޭނެ އެވެ.
  • ލިމިޓްލެސް ސޯޝަލް މީޑިއާ: ޕްރީޕެއިޑް ކަސްޓަމަރުންނަށް މި އެޑް-އޮންއާއެކު އެންމެ 24 ރުފިޔާއަށް ލިމިޓްލެސް ސޯޝަލް މީޑިއާ، 24 ގަޑިއިރަށް ލިބޭނެ އެވެ.
  • ހިލޭ މައިފައި ޑިވައިސް: މޮބައިލް ބްރޯޑްބޭންޑް 749 ނުވަތަ މަތީ ޕެކޭޖަށް އަލަށް ސަބްސްކަރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސެއް ލިބޭނެ އެވެ.

ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ކަސްޓަމަރުންނަށް އައު އަހަރުގެ ލިމިޓެޑް ޓައިމް އޮފާތަކަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 ޖަނަވަރީ 2024ގެ ނިޔަލަށެވެ.

މީގެ އިތުރުން އައު އަހަރުގެ ޕްރޮމޯގެ ދަށުން ދިރާގު އެލީޓް ކްލަބުގެ މެމްބަރުންނަށް 31 ޑިސެންބަރު 2023 އިން 1 ޖަނަވަރީ 2024ގެ ނިޔަލަށް އެސްޓްރިއާ ވެލްނެސް ސްޕާ، ފުޓްރެސްޓް ސްޕާ އަދި ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެން ދާނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކޮށް، އަގުހުރި އައު އޮފަރތަކަކާއިއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.