މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފުރަތަމަ ބިލްޑާސް އެވޯޑްސްގެ ސިމެންޓް ސަޕްލަޔާ އޮފް ދި އިޔާއަކަށް ވިލާ ހަކަތަ ހޮވައިފި އެވެ.

މަސީން ފުރަތަމަ ފަހަރަށް ދިން މި އެވޯޑް ހަ ފަރާތަކަށް ލިބިފައިވެ އެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ހަފުލާގައި މަސީން ވަނީ ރައީސް ޑރ. މުއިއްޒު ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ މަސީގެ "ބޮޑުރަސްގެފާނު ލަގަބު" އެމަނިކުފާނަށް އަރުވާފަ އެވެ.

ވިލާ ސިމެންތިއަކީ ރާއްޖޭގައި ވިއްކާ އެންމެ ފެންވަރު ރަނގަޅު އެއް ބްރޭންޑްގެ ސިމެންތި އެވެ.

ވިލާ ސިމެންތި ކޮލެޓީ ވުމުގެ އިތުރުން، ވިލާ ސިމެންތި ޕެކް ކުރުމަށް ބޭނުން ކުރެވޭ ކޮތަޅަކީ ރާއްޖޭގެ މޫސުމަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ، ފެނާއި އުދާހުން އެތެރޭގައި ހުންނަ ސިމެންތި ރައްކާތެރިކޮށްދޭ ކޮތަޅެކެވެ. އަދި އެހެން ސިމެންތި ބްރޭންޑްތަކާ ހިލާފަށް މި ޕެކިންގެ ސަބަބުން ސިމެންތި ގަނޑުވުން ސަލާމަތްކޮށްދޭނެ ކަމަށް ވެސް ވިލާ ހަކަތައިން ބުނެ އެވެ.

ވިލާ ހަކަތައިން ސިމެންތި ބަންދު ކުރާ ބޮޑު ކާރުހާނާ އެއް ތިލަފުށީގައި ހިންގާއިރު، އެތަނުން ޕެކްކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ވިލާ ސިމެންތިއަކީ ރާއްޖެއިން ލިބެން ހުންނަ އެހެން ސިމެންތި އާ އަޅާކިޔާއިރު ގިނަ ދުވަހަށް ބޭނުން ކުރެވޭ ސިމެންތި ބްރޭންޑެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.