ކުދިންނަށްޓަކައި މައިންބަފައިން އަބަދުވެސް ބޭނުންވާނީ އެންމެ ރަނގަޅު ގޮތެވެ. ކުދިން ބޮޑުވެގެން އަންނައިރު އެކުއްޖާގެ ހެދިބޮޑުވުމަށް މުހިންމު ބަދަލުތަކެއް އާދެ އެވެ. މިގޮތުން ހިތާނުކުރާ ދުވަހަކީ ކުދިންގެ ދިރިއުޅުމުގައި މުހިންމު ދުވަހެކެވެ. އަދި ހިތާނުކުރުމަކީ ކޮންމެ ކުއްޖަކަށްވެސް ތަފާތު ތަޖުރިބާއެކެވެ. އަދި ދީނީ ގޮތުންވެސް މުހިންމު ކަމަކަށް ވާއިރު އަމިއްލަ ސިއްހީ ދުށަހެޔޮކަމަށް އިސްކަންދިނުމަކީ އެމީހެއްގެ އަމިއްލަ ހަށިގަނޑަށް އަދާކުރަންޖެހޭ ހައްގެކެވެ.

މިފަދަ މުހިންމު ވަގުތުކޮޅެއްގައި އެންމެ ބޭނުންވާނީ ހިތްހަމަޖެހޭނެ ފަދަ ސިއްހީ މާހިރުންގެ އެހީތެރިކަމެވެ. ކުދިންގެ ހަޔާތުގައި މި މުހިންމު އަދި ނާޒުކު ވަގުތުގައި ފެންވަރު ރަނގަޅު ކޮލިޓީ ސިއްހީ ހިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލު އަންނަނީ ދެމެންނެވެ. ސާޖަރީކުރުމާއި ހިތާނުކުރުން ފަދަ ޕްރޮސީޖަރ ހެދުމުގެ ސިއްހީ ހިދުމަށް ފޯރުކޮށްދިނުމުގައި ތަޖުރިބާކާރު އަދި ފުންނާބު އުސް ޑޮކްޓަރުންގެ ޓީމެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހަރަކާތްތެރިވެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް، ހުޅުމާލެ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ހިތާނީ ކޭމްޕްގައި ހަ ޑޮކްޓަރުން ހަރަކާތްތެރިވެ އެވެ. އެގޮތުން މި ކޭންޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް، އަދި ޑރ. އުކަތަމް އަބްދުއްލާޔެވް، ޑރ. މައުމޫން އާސިމް، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދު އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރ، ޑރ. މެހްމެތު އޮޑަރ ހިމެނިވަޑައިގަންނަވަ އެވެ.

ޓްރީޓޮޕުން ހިތާނު ކުރި ކުއްޖެއް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ކޭމްޕުގެ މައިގަނޑު މަގްސަދަކީ މެހެމާނުންނަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕް އާއި ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާއިއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

"ހިތާނީ ކޭމްޕްގެ ހަދިޔާ ލައިކްވޭ. ހިދުމަތް ރަނގަޅު." އެ ހޮސްޕިޓަލުން ހިދުމަތް ހޯދި މިޒާން ބުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 2023 ގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ އެންމެ ފަހު ދުވަހަކީ 10 ޖަނަވަރީ 2024 އެވެ. ހިތާނީ ޕެކޭޖްގެ ޚިދުމަތް ހޯއްދަވާ މެހެމާނުން ދައްކަވަން ޖެހެނީ 5000ރ އެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށް ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖެހިފައިވެ އެވެ.

ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް 3351610 އަށް ގުޅުއްވާލަދެއްވުން އެދެމެވެ.