ދިރާގުގެ އައު އަހަރުގެ އޮފާތަކުގެ ތެރެއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޑަބަލް ޑޭޓާ ލިބޭ ޕްރޮމޯޝަންއެއް އެ ކުންފުނިން ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ މި އޮފާއާއެކު ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން 7ޖީބީގެ ބޫސްޓަރެއް ނަގާ ކޮންމެ ކަސްޓަމަރަކަށް ދެގުނަ ޑޭޓާ ލިބޭނެ ކަމަށެވެ. އެގޮތުން 7ޖިބީގެ އަގަށް އިތުރު ހަރަދަކާ ނުލާ ޖުމްލަ 14ޖީބީ ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން ދިރާގުން ވަނީ މޮބައިލް ކަސްޓަމަރުންނަށް އައު އަހަރަށް ހިތްގައިމު އޮފަރތަކެއް ލޯންޗުކުރުމާއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިމިޓްލެސް ސޯޝަލް މީޑިއާ އަދި ސަޅި އެނުއަލްއާއި ސަޅި 180 ޑޭސް ޕެކޭޖްތަކަށް ހާއްސަ ޕްރޮމޯ އަގުތަކެއް ވެސް ތައާރަފްކޮށްފަ އެވެ.

ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އައު އަހަރުގެ ލިމިޓެޑް ޓައިމް އޮފާރތަށް 31 ޖަނަވަރީ 2024ގެ ނިޔަލަށް ފަސޭހަކަމާއެކު އެކްޓިވޭޓްކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކޮށް، އަގުހުރި އައު އޮފަރތަކަކާއިއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.