އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް މިދިޔަ އަހަރު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފަންޑް ލިބޭ ފަރާތްތައް ކަނޑައަޅާ އިއުލާންކޮށްފި އެވެ.

އެލައިޑްއިން ބުނީ "އެލައިޑް ކޮމިއުނިޓީ ފަންޑް" އަކީ ހަތް ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، މިންތީގެ ހަމަހަމަކަމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާ އެންމެ ރަނގަޅު ހިޔާލު ހުށަހަޅާ ހަތަރު ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ، މިފަންޑުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެލައިޑްއިން ބުނެ އެވެ.

މިއަހަރުގެ ކޮމިއުނިޓީ ފަންޑް ލިބޭ ޖަމިއްޔާތަކަކީ:

  • ނައިފަރު ޖުވެނައިލް
  • މިލަންދޫ ސްޕޯޓްސް ކްލަބް
  • ކެޔޮދޫ އިސްދަރިވަރުންގެ ޖަމިއްޔާ
  • ބްލޫ ގިލްޑް ފައުންޑޭޝަން

މީގެ އިތުރުން "އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާ، އެންމެ ރަނގަޅު ހިޔާލު ހުށަހަޅާ ފަރާތްތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ފޯރުކޮށްދޭ ފަންޑެކެވެ.

އެގޮތުން މިއަހަރުގެ އެޑިއުކޭޝަން ފަންޑް ލިބޭ ސްކޫލްތަކަކީ:

  • ފޯކައިދޫ ސްކޫލް
  • މާމެންދޫ ސްކޫލް
  • ހިރިލަންދޫ ސްކޫލް
  • ބ. އަތޮޅު އެޑިއުކޭޝަން ސެންޓަރު
  • މުހައްމަދު ޖަމާލުއްދީން ސްކޫލް
  • މަދަރަސަތުލް އިފްތިތާހު