މުޅިރާއްޖެ އަށް ހުޅުވާލައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ "މަކިޓާ ހެއްޔާ މުބާރާތް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެސްޓީއޯއިން ބުނީ މި މުބާރާތަކީ މަކިޓާ ޕަވާޓޫލްސް ބޭނުންކޮށްގެން ދިވެހީންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެންދާނެ މުބާރާތެއް ކަމަށެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އެވެ. މިމުބާރާތުގެ ބައިވެރިންނަށް ތަކެތި ތައްޔާރުކުރުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ހާމަކުރެ އެވެ. މިމުބާރާތުގައި ބައިވެރިވުމަށް ފޯމް ވައިބާ (ވައިބާ ނަންބަރު 7980240) މެދުވެރިކޮށް އަދި އީމެއިލް މެދުވެރިކޮށް ފޯމު ހުށައެޅޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށްވެފައި އަދި ވާދަވެރި މާހައުލެއްގައި މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރީންނަށް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާމުބާރާތެކެވެ. އެސްޓީއޯއިން ބުނީ އެ ކުންފުނީގެ މަގުސަދަކީ މިދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމައުއަށް ނެރެދިނުން ކަމަށެވެ. އަދި ހަމައެހެންމެ އެފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުމަކީ އެސްޓީއޯގެ މަގްސަދެކެވެ.

މުބާރާތުގެ އިނާމުތައް

  • 1 ވަނަ އިނާމް: 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ
  • 2 ވަނަ އިނާމް: 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ
  • 3 ވަނަ އިނާމް: 20،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ