ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އެއާޓްރެފިކް 925 މޫވްމަންޓާއެކު އާ ރިކޯޑެއް ގާއިމްކޮށްފި އެވެ.

ވީއައިއޭއިން ބުނީ މިދިޔަ ހޮނިހިރު ދުވަހު 925 މޫވްމަންޓު ރެކޯޑު ކުރެވިފައިވާ ކަމަށެވެ. މިއީ މިހާތަނަށް އެންމެ ގިނަ ފްލައިޓް މޫވްމަންޓު ރެކޯޑް ކުރެވުނު ފަހަރު ކަމަށް ވެސް އެއާޕޯޓުން ބުނެ އެވެ.

ވީއައިއޭއިން ބުނީ މިދިޔަ ހޮނިހިރު ދުވަހު 672 ސީޕްލޭން މޫވްމަންޓާއި ބައިނަލްއަގުވާމީ ފްލައިޓުގެ 104 މޫވްމަންޓް ރިކޯޑް ކުރެވިފައިވާ ކަމަށެވެ. އަދި އެތެރޭގެ އުދުހުންތަކުގެ 116 މޫވްމަންޓާއި އަމިއްލަ ޖެޓުގެ 33 މޫވްމަންޓެއް ރިކޯޑު ކުރެވިފައިވެ އެވެ.

އޭގެ ކުރިން އެންމެ ގިނައިން ރެކޯޑްކުރެވިފައި ވަނީ، މިދިޔަ އަހަރުގެ 6 ޖެނުއަރީގައި 856 މޫވްމަންޓެވެ.

މިދިޔަ ހޮނިހިރު ދުވަހު ވަނީ ސީޕްލޭން މޫވްމަންޓްގެ އާ ރިކޯޑެއް ހަދާފަ އެވެ. އެއީ 649 ސީޕްލޭން މޫވްމަންޓެވެ. މީގެ ކުރިން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ސީޕްލޭން މޫވްމަންޓްސް ރެކޯޑުކުރެވިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އެ ދުވަހު ވެލާނާ އެއާޕޯޓުގައި 629 ސީޕްލޭން ދަތުރު ރެކޯޑުކޮށްފައިވެ އެވެ.