ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ބީއެމްއެލް އޮފާސް ޕޯޓަލް ތައާރަފްކޮށްފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މިއީ މާޗެންޓުންނާ ގުޅިގެން ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ގޮތަށް ތައާރަފުކުރި ޕްރޮގްރާމެކެވެ.

މި ގޮތުން ބީއެމްއެލް އޮފަރސް ޕޯޓަލްގައި ލިސްޓު ކުރެވިފައިވާ ފިހާރަތަކުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. އަދި ލިސްޓު ކުރެވިފައިވާ ވިޔަފާރިތަކުގެ ތެރޭގައި ރީޓެއިލް ފިހާރަތަކާއި، ރެސްޓޯރަންޓް، ފަރުނީޗަރު އަދި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކްސް ފިހާރަ ތަކުގެ އިތުރުން ގިނަ ފިހާރަތަކެއް ހިމެނެ އެވެ.

ބީއެމްއެލް އޮފަރ ޕޯޓަލްއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް އިން ލިބޭނެ އެވެ.