ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާއެއްގޮތަށް ފުވައްމުލަކު އެއާޕޯޓްގެ ރަންވޭ ދިގުކޮށް އެއާޕޯޓް ބޮޑުކުރަން ރީޖިނަލް އެއާޕޯޓްސް އިން ނިންމައިފި އެވެ.

ފުވައްމުލަކު ސިޓީ އެއާޕޯޓު ރަންވޭގެ އޮރިއެންޓޭޝަން ބަދަލުކޮށް ރަންވޭދިގުކުރުމާ ގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކޮށް ރީޖިނަލް އެއާޕޯޓްސް އިން ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި އެއާޕޯޓުގެ ރަންވޭ ބޮޑުކުރެވެން ހުރި އޮޕްޝަންސްތައް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުބީން ވަނީ ކައުންސިލާ ހިއްސާކުރައްވާފަ އެވެ.

މީގެއިތުރުން ފުވައްމުލަކު ސިޓީ އެއާޕޯޓް ތަރައްގީގެ މާސްޓާ ޕްލޭނާ ބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި އެ ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.

ފުވައްމުލަކު އެއާޕޯޓް ބޮޑުކުރުމާ ބެހޭ މައުލޫމާތު މުބީން ދެއްވަނީ ---

ފުވައްމުލަކު ސިޓީ އެއާޕޯޓަށް އަންނަ ތަރައްގީގެ ތެރޭގައި ރަންވޭ އޮރިއެންޓޭޝަން ބަދަލުކޮށް ޖެޓްޖެއްސޭވަރަށް ރަންވޭބޮޑުކުރުމާއި ޖެޓް ޕާކިންއަށް ހާއްސަކޮށް އޭޕްރައިން ޖާގަ އިތުރު ކުރުމާއ،ި ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއ،ި ފްލައިން ސްކޫލެއް ގާއިމް ކުރުން ހިމެނެ އެވެ.

މި ބައްދަލުކުރުމުގެ އެންމެ މުހިންމުކަމެއްގެ ގޮތުގައި ފުވައްމުލަކު ސިޓީ އެއާޕޯޓާއި އިންވެގެން ދެކުނަށް އޮންނަ ހުސްބިމުގައި ޓުވަރިޒަމް ޒޯނެއް ގާއިމް ކުރުމަށް ދެ ފަރާތުގެ ދެމެދުގައި ވާހަކަދެކެވިގެން ކުރިއަށްގެންދިޔުމަށް އެއްބަސްވެވުނެވެ.