ޕިއްޒާ ކިޗަން އިން ރޭގަނޑު ޓޭކްއަވޭ ހަދާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ހުޅުމާލޭގައި ހިންގާ އެ ރެސްޓޯރަންޓުން ހިންގާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00ން 10:00 އާ ދެމެދު ވަގުތުތަކުގައި ޓޭކްއަވޭ ހަދާ ކޮންމެ އެއްޗަކަށް 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ޕިއްޒާ ކިޗަންއިން ލިބެން ހުންނަނީ ހަމައެކަނި ޕިއްޒާގެ ބާވަތްތަކެއް ނޫނެވެ. އޭގެ އިތުރުން ތަފާތު ބާވަތްތަކުގެ ސެލެޑް، ސޭންޑްވިޗް އަދި ފޮކޭސިޔާ ބްރެޑްތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ.

https://www.facebook.com/pizzakitchen.mv/photos/a.154996786354087/213181577202274/

ޕިއްޒާ ކިޗަން އިން ބުނީ އެތަނުގެ ހުރިހާ އުފެއްދުންތައް ވެސް ތައްޔާރުކުރާނީ ސާފުތާހިރުކަމަށް އިސްކަންދީ، އެޗްޕީއޭގެ މިންގަނޑުތަކާ ވެސް އެއްގޮތަށް ކަމަށެވެ. މި އުފެއްދުންތައް އެ ރެސްޓޯރެންޓަށް ގޮސް ކެއުމުގެ ފުރުސަތުވެސް އޮންނާނެ އެވެ. އަދި 3356565 ނަންބަރަށް ގުޅައިގެން ވެސް އޯޑަރުކުރުމުން ހުޅުމާލެ ސަރަހައްދުގައި ފްރީ ޑެލިވަރީ ކޮށްދޭނެ އެވެ. މީގެ އިތުރުން 7889696 އަށް ވައިބާކޮށްގެން ވެސް ޕިއްޒާ އޯޑާ ކުރެވޭނެ އެވެ.