ރާއްޖެއަށް މިދިޔަ އަހަރު ދަތުރުކުރި އިންޓަނޭޝަނަލް ފްލައިޓްގެ އަދަދު 2022 ވަނަ އަހަރަށް ވުރެ ތިން ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އިންޓަނޭޝަނަލް 15،883 ފްލައިޓް ރާއްޖެއަށް ދަތުރުކުރި އެވެ.

މިއީ 2022 ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރި އިންޓަނޭޝަނަލް 15،289 ފްލައިޓަށް ވުރެ 594 ފްލައިޓް އިތުރުވުމެކެވެ.

އިންޓަނޭޝަނަލް ފްލައިޓް މަހުން މަހަށް

  • ޖެނުއަރީ - 1،673 ފްލައިޓް
  • ފެބްރުއަރީ - 1،391 ފްލައިޓް
  • މާޗް - 1،472 ފްލައިޓް
  • އެޕްރީލް - 1،305 ފްލައިޓް
  • މޭ - 1،150 ފްލައިޓް
  • ޖޫން - 1،082 ފްލައިޓް
  • ޖުލައި - 1،211 ފްލައިޓް
  • އޮގަސްޓް - 1،247 ފްލައިޓް
  • ސެޕްޓެމްބަރު - 1،153 ފްލައިޓް
  • އޮކްޓޫބަރު - 1،334 ފްލައިޓް
  • ނޮވެމްބަރު - 1،344 ފްލައިޓް
  • ޑިސެމްބަރު - 1،521 ފްލައިޓް

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިދިޔަ އަހަރު ދަތުރުކުރި އިންޓަނޭޝަނަލް ފްލައިޓްގެ ތެރޭގައި ޝެޑިއުލް 14،608 ފްލައިޓް ހިމެނޭއިރު ޕްރައިވެޓް ޖެޓް އަދި ޗާޓަޑް ފްލައިޓްގެ ގޮތުގައި 1،275 ފްލައިޓް ހިމެނެ އެވެ.

ޝެޑިއުލް ފްލައިޓްގެ ގޮތުގައި 2022 ވަނަ އަހަރު ރާއްޖެ އައީ 14،608 ފްލައިޓެވެ. ޕްރައިވެޓް ޖެޓު އަދި ޗާޓަޑް ފްލައިޓްގެ ގޮތުގައި 2022 ވަނަ އަހަރު 2،138 ފްލައިޓް ރާއްޖެ އައިސްފައިވެ އެވެ.