ދިރާގުން ކުރިއަށް ގެންދާ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެ އެވެ.

ދިރާގުން ބުނީ މި "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖްތަކަށް 31 ޖަނަވަރީ 2024ގެ ކުރިން ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ފަސޭހަކާމާއެކު ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ޝަރުތު ފުރިހަމަވާ ހުރިހާ ކަސްޓަމަރުންނަށް ވެސް މި 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން ކޮންމެ ކަސްޓަމަރަކަށް ވެސް އެފަރާތްތަކުގެ ޝަރުތު ފުރިހަމަވާ ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ނަންބަރުތައް އެންރޯލްކޮށް، ޓެސްލާ ކާރެއް ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރުކޮށްލެވޭނެ އެވެ.

"ވިން އަ ޓެސްލާ" ޕްރޮމޯޝަނަކީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އާ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެކުނުފުނިން ލޯންޗުކުރި ޕްރޮމޯޝަނެކެވެ. އެގޮތުން ދިރާގުން ވަނީ ދިރާގު ހެޑް އޮފީސް އަދި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ދެ އިވެންޓެއްގައި މި ޕްރޮމޯޝަންގެ ޓެސްލާ ކާރު ދައްކާލައިފަ އެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު އެކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.