މަކިޓާ ޕަވަޓޫލް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ބާއްވާ އެސްޓީއޯގެ "މަކިޓާ ހެއްޔާ" މުބާރާތުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހުރިހާ ދިވެހިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އަންނަ ފެބްރުއަރީ މަހު 15ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ.

އެސްޓީއޯއިން މިއަހަރު ބާއްވާ މަކިޓާ ހެއްޔާ މުބާރާތަކީ އެސްޓީއޯ މަކިޓާގެ ފަރާތުން ބާއްވާ 3 ވަނަ މަކިޓާ މުބާރާތެވެ. މި މުބާރާތުގައި މަކިޓާ ޓޫލް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުސަތު ލިބިދެ އެވެ.

މި މުބާރާތުގެ އެއްވަނަ އިނާމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 50،000 ރުފިޔާގެ މަކިޓާ ގިފްޓް ވައުޗަރެކެވެ. އަދި ދެވަނަ އިނާމަކަށް 30،000 ރުފިޔާގެ މަކިޓާ ގިފްޓް ވައުޗަރެއް ހުށަހަޅާފައިވާއިރު، ތިންވަން އިނާމަކަށް ހުށަހަޅާފައި ވަނީ 20،000 ރުފިޔާގެ މަކިޓާ ގިފްޓް ވައުޗަރެކެވެ.

އަގުހުރި އިނާމްތައް ހުށަހެޅިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް މި ލިންކް ނުވަތަ ކިއުއާރު ކޯޑް ބޭނުންކުރުމަށް އެސްޓީއޯ އިން ވަނީ އެދިފަ އެވެ.

އެސްޓީއޯއިން ބުނެފައި ވަނީ މި ކޯޑު ސްކޭން ކުރުމުން މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމު ލިބޭނެ ކަމަށާއި، އެ ފޯމު ފުރުމަށްފަހު މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި މި މުބާރާތުގެ މުއްދަތު އިތުރުކޮށްފައި ވަނީ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މަކިޓާ އަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރާއި ޔަގީންކަން ހޯދައިފައިވާ ބްރޭންޑެކެވެ. އޮޑި ހަރުގެއިން ފެށިގެން ގެދޮރުގައި ހިފާ ގެންގުޅޭ ސާމާނު މަކިޓާއިން ދަނީ ފޯރުކޮށްދެމުންނެވެ.

އެސްޓީއޯ މަކިޓާ ޝޯވްރޫމް ހުންނަނީ ބޮޑުތަކުރުފާނު މަގުގައި (އެމްޕީއެލް ކައިރި) ސީޓްރެކްސް ބިލްޑިންގަ އެވެ.