ދުނިޔޭގެ ކާބޯތަކެތީގެ ސިނާއަތް ކުރިއަރަމުން އަންނަ މިދުވަސްވަރުގައި އަލްމަރާއި އަކީ އުފެެއްދުންތެރިކަމަށާއި އެންމެ މަތީ ފެންވަރަށް އަހައްމިއްޔަތުކަން ދޭ ބްރޭންޑެކެވެ. 1977 ވަނަ އަހަރު އުފެދުނު އަލްމަރައި އަކީ މެދުއިރުމަތީގެ މަޝްހޫރު އަދި އެންމެ ފާހަގަކޮށްލެވޭ ކާބޯތަކެތީގެ ބާވަތްތައް އުފައްދާ ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެވެ. މީގެ ތެރޭގައި އެ ކުންފުނީގެ ކިރުގެ ބާވަތްތަކާއި ކުކުޅު މަހާއި އެ ނޫން ވެސް ކާބޯތަކެތީގެ ބާވަތްތައް ހިމެނެ އެވެ.

ރާއްޖޭގައި އަލްމަރާއި ބްރޭންޑް އުފެއްދުންތައް އެތެރެކޮށް ހޯސޭލް އަދި ރީޓެއިލް ކުރަނީ ވިލާ ޓްރޭޑިން އިންނެވެ. އެގޮތުން އެ ކުންފުނިން އަންނަނީ އެ ބްރޭންޑްގެ ފުލް ފެޓް ކިރު، ޗީޒްގެ އެކި ވައްތަރު، ފްލޭވާޑް ކިރު، ތާޒާ ޖޫސް އަދި އަލްމަރައި ބަޓަރު ހިމެނެ އެވެ.

ހާއްސަކޮށް އަލްމަރައި ބަޓާ އެންމެ ކަމުދާ އެއް ކަމަކީ އޭގެ ކްރީމީ އެއް މިންވަރެއްގައި ހިފަހައްޓައިދޭތީ ބަޓަރު ކުކީޒް ތައްޔާރުކުރުމަށެވެ. ބަޓަރު ފަސޭހައިން ކުކީ ޑޯގެ ތެރެއަށް ފޭދި، ފަސޭހަކޮށް މިކްސްޗާއެއް އުފައްދައިދެ އެވެ. މި ކްރީމީ ޓެކްސްޗާގެ ސަބަބުން ކުކީޒްގައި ޓެންޑާ ކްރަމްބް އެއް ހިފަހައްޓައި، އަނގައިގެ ތެރެއަށް ވިރިގެންދާ ކަމުގެ ފުރިހަމަ އިހުސާސް ކޮށްދެ އެވެ.

އަލްމަރައި ބްރޭންޑްގެ ޗީޒް. މި ބްރޭންޑަކީ އަކީ މެދުއިރުމަތީގެ މަޝްހޫރު އަދި އެންމެ ފާހަގަކޮށްލެވޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެއް.

އަލްމަރައި ބަޓަރުގެ މުއްސަނދި އަދި ތަފާތު ރަހަތަކުގެ ޕްރޮފައިލް އިން ބަޓަރު ކުކީޒްއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ. ބަޓަރުގެ ގުދުރަތީ ރަހައިގެ ސަބަބުން ކުކީގެ މީރުކަން ފުރިހަމަވެ، ރަހަތައް ޓެންޓަލައިޒްކޮށްދޭ އެއް ބެލެންސެއް އުފައްދަ އެވެ. ނަތީޖާއެއްގެ ގޮތުން ކެއުމުގެ ހިތްގައިމު އަދި ހަނދާން ނުނެތޭ ފަދަ ތަޖުރިބާއެއް ވެސް ކޮށްދެ އެވެ.

އަލްމަރައި ބަޓަރަކީ އާދައިގެ ރެސިޕީއެއް ހިތްގައިމު ރަހަތަކަކަށް ބަދަލުކޮށްދޭ ވަރަށް މުހިއްމު މާއްދާއެކެވެ.

އަލްމަރައި ބްރޭންޑްގެ ޗީޒް. މި ބްރޭންޑަކީ އަކީ މެދުއިރުމަތީގެ މަޝްހޫރު އަދި އެންމެ ފާހަގަކޮށްލެވޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެއް.

ފަސޭހައިން އަލްމަރައި ބަޓަ ކުކީޒް ހަދާނެ ގޮތް އަދި ބޭނުންވާ ތަކެތި

  • 1 ޖޯޑު އަލްމަރައި ބަޓަރު
  • 1 ޖޯޑު ހުދު ހަކުރު
  • ބޮޑު 1 ބިސް
  • 2 މޭޒުމަތީ ސަމުސާ ވެނީލާ އެކްސްޓްރެކްޓް
  • 2 2/3 ޖޯޑު އޯލް ޕާޕަސް ފުށް
  • 1/4 މޭޒުމަތީ ސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް

  • އިލެކްޓްރިކް މިކްސަރަކުން ބޮޑު ތަވައެއްގައި ބަޓަރާއި ހަކުރު އެއްކޮށް މަޑު ގޮތަކަށް ފުފެންދެން މިސްކުރާށެވެ.
  • ބޯތައްޓެއްގައި ބިސް ތެޅުމަށްފަހު ލޮނދި އާއި ގޮބޮޅި ވެނީލާ އެއްކޮށްލާށެވެ. އަދި ފުށް އަދި ލޮނު ވަކި ތަވައެއްގައި އެއްކޮށްލާށެވެ. އަދި ބަޓަރު އެޅުމަށްފަހު ފުށް އެއްކޮށްލާށެވެ. ޕްލާސްޓިކް ރެޕްއިން ފުށްގަނޑު އޮޅާލުމަށްފަހު ފިނިކުރަން މަދުވެގެން އެއް ގަޑިއިރު ވަންދެން ބަހައްޓާލާށެވެ. އަދި އަވަން 400 ޑިގްރީ އެފް (200 ޑިގްރީ ސެލްސިއަސް) އަށް ޕްރީ ހީޓް ކުރާށެވެ. އަދި އަވަނަށް ލުމުގެ ކުރިން ދެ ކުކީ ޝީޓް ފިނިކޮށްލާށެވެ. ފިނިކުރި ފުށްގަނޑު ކުކީ ގޮތަށް ކަފާލާށެވެ. އޭގެ ފަހުން ފިނިކުރި ކުކީ ޝީޓުތަކަށް ދަމާލާށެވެ. ރޯފިލަންދެން ޕްރީހީޓެޑް އަވަންގައި ފިހެލާށެވެ.

ނިއުޓްރިޝަން ފެކްޓްސް

  • 103: ކެލޮރީސް
  • 5ޖީ: ފެޓް
  • 13ޖީ: ކާބްސް
  • 1ޖީ: ޕްރޮޓީން

މަޝްހޫރު ގިނަ ބްރޭންޑްތައް ވިއްކާ ވިލާ ޓްރޭޑިންގެ އެންމެ ބޮޑު އަމާޒަކީ އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް އެކަށީގެންވާ ހެޔޮއަގެއްގައި ކަސްޓަމަރުންނަށް އަބަދުވެސް ލިބޭނެ ގޮތް އިންތިޒާމްކުރުމެވެ. މިއީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެވެ.

އަލްމަރައި ބްރޭންޑްގެ ޗީޒް. މި ބްރޭންޑަކީ އަކީ މެދުއިރުމަތީގެ މަޝްހޫރު އަދި އެންމެ ފާހަގަކޮށްލެވޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެއް.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ވިލާ މާޓުން ވަނީ ކަސްޓަމަރުންނަށް ފަސޭހައިން ބާޒާރުކޮށްލެވޭ ގޮތަށް އޮންލައިން ޕްލެޓްފޯމެއް ހަދައިފައިވެ އެވެ. އެ ވެބްސައިޓަކީ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން އީ-ކޮމާސް އަށް ހާއްސަކޮށްގެން އުފައްދާފައިވާ ޕްލެޓްފޯމެކެވެ.

ވިލާ މާޓްގެ ވެބްސައިޓްގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތް ހެދުމަށް އެޕް ސްޓޯރު އަދި ގޫގުލް ޕްލޭ ސްޓޯރު އެޕްލިކޭޝަން ވެސް ޑައުންލޯޑް ކުރެވޭނެ ގޮތް ހަމަޖައްސައިފަ އެވެ.