ވިލާ ޓްރޭޑިން އިން އެތެރެކޮށް ވިއްކާ އަލްމަރާއި ޖޫހުގެ ރަހަ ދައްކާލުމުގެ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ފޭސް2 ގައި ބާއްވަން ނިންމައިފި އެވެ.

މި ހަރަކާތް އޮންނާނީ ހުޅުމާލެ ދެވަނަ ފިޔަވަހި (ޓަވަރު 14) ވިލާ މާޓް 4 ކުރިމަތީގަ އެވެ.

ހިލޭ ރަހަ ބެލުމުގެ ސެޝަން ކުރިޔަށް ގެންދާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00 އިން ހަވީރު 6:00 އަށެވެ.

މި އިވެންޓް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ މަތީ ފެންވަރުގެ މި ޖޫހުގެ ރަހަ އާއްމު ފަރާތްތަކަށް ދައްކާލުން ކަމަށް ވިލާ ޓްރޭޑިން އިން ބުނެ އެވެ.

އަލްމަރާއި ތާޒާ ޖޫސް ޕެކެޓްތަކަކީ ތަފާތު ގެނެސްދޭ ޖޫސްތަކެކެވެ.

އަލްމަރާއި ތާޒާ ޖޫސް ޕެކެޓަކީ ފެންވަރު ރަނގަޅު މޭވާއިން ތައްޔާރުކުރާ ޕެކެޓްތަކެއް ކަން އަލްމަރައި ކަށަވަރުކޮށްދެ އެވެ. އަދި އިތުބާރު ކުރެވޭ ސަޕްލަޔަރުންގެ ފަރާތުން ބޭނުންވާ ބާވަތްތައް ހޯދައި، ޖޫސް އުފެއްދުމުގެ މަރުހަލާގައި ކޮލިޓީ ކޮންޓްރޯލް ކުރުމުގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓަ އެވެ.

މި ޖޫސް ޕެކެޓްތައް ފަރުމާކޮށްފައި ވަނީ ޖޫހުގެ ތާޒާކަމާއި ރަހަ ހިފެހެއްޓޭ ގޮތަށެވެ. އަދި އެއާ ޓައިޓް ޕެކޭޖިންގެ ސަބަބުން ހަލާކުވުން ހުއްޓުވައި، ނިއުޓްރިއަންޓްސް ހިފަހައްޓައި، ތާޒާ އަދި ރަހަމީރު ބުއިމެއްކަން ކަށަވަރުކޮށްދެ އެވެ.

އަލްމަރާއި ތާޒާ ޖޫސް ޕެކެޓްތަކަކީ ތަފާތު ގެނެސްދޭ ޖޫސްތައް.

އަލްމަރާއިގެ ތާޒާ ޖޫސް ޕެކެޓުތަކުން ރަހަ ރަގަޅުވުމުގެ އިތުރުން މޭވާގައި ގުދުރަތީ ގޮތުން އެކުލެވޭ މުހިންމު ވިޓަމިންތަކާއި މިނަރަލްސް ވެސް ލިބިދެ އެވެ. މިއީ ކޮންމެ ދުވަހަކު ވެސް ހަށިގަނޑަށް ލިބިދޭން ޖެހޭ ބައިތަކެކެވެ.

ކަސްޓަމަރުންގެ ޚިދުމަތާއި ހިތްހަމަޖެހުމަކީ ވިލާ ޓްރޭޑިންގެ ކާމިޔާބީގެ އަސްލެވެ. އަދި އެ ކުންފުނީގެ ކަސްޓަމަރުންގެ ލުއިފަސޭހައަކަށް، ވިލާ މާޓްގެ ވެބްސައިޓް މެދުވެރިކޮށް، ފަސޭހަކޮށް ވިޔަފާރިކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވެ އެވެ.

އެ ވެބްސައިޓަކީ ވިލާ މާޓުން ލިބެންހުރި އުފެއްދުންތަކާ ބެހޭ މައުލޫމާތުގެ އިތުރުން އީ-ކޮމާސް ތަޖުރިބާކުރެވޭ ގޮތަށް އުފައްދާފައިވާ ވެބްސައިޓެކެވެ.

ވެބްސައިޓްގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ވިލާ މާޓްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

ވިލާ މާޓްގެ އަބަދުވެސް އަމާޒަކީ ކޮސްމެޓިކްސް އާއި ގޭތެރޭގެ އެހެނިހެން ސާމާނު ފަދަ އެހެނިހެން ބާވަތްތަކާއެކު ފެންވަރު ރަނގަޅު ކާބޯތަކެއްޗާއި ބުއިންތައް ބާޒާރަށް ފޯރުކޮށްދިނުމެވެ. އަދި ވިލާ މާޓުން މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބޭނުންވާ އުފެއްދުންތައް އެންމެ ފަސޭހައިން ލިބެން ހުންނަ ގޮތް ހަމަޖަސައިދީ އެ ބޭނުންތައް ފުއްދައިދިނުމެވެ.