އޮލިމްޕަސް ސްކްރީނުގައި މިފަހުން އެޅުވި އެންމެ މަގްބޫލު ލޯބީގެ ފިލްމު "ނޮވެމްބަރު" ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު މީޑިއާނެޓުގެ ވީޑިއޯ ކްލަބް ޚިދުމަތް މެދުވެރިކޮށް ޓީވީ އަދި ފޯން ސްކްރީންތަކުން ބަލާލެވޭނެ އެވެ.

ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ނޮވެމްބަރު" އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.

މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާނީ ވީޑިއޯ ކްލަބްގެ އެމް-އޮރިޖިނަލްސް ބެނާރގެ ދަށުން އުފެއްދި އެންމެ ފުރަތަމަ ފިލްމު "މަރިޔަމް" ގެ ބަތަލާގެ ރޯލުންވެސް ފެނިގެންދިޔަ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް އެވެ. މި ފިލްމުގެ ޚާއްސަ ރޯލަކުން ދިވެހި ފިލްމީ ދާއިރާގެ އަބަދަށްފެހި ތަރި އިސްމާއިލް ވަޖީހު ވެސް ފެނިގެންދާނެ އެވެ.

މާލެ، ލ. އަތޮޅު އަދި ރާއްޖެއިން ބޭރުން ސިންގަޕޫރުގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާ، ރީތި ލަވަތަކެއް ހިމެނޭ އަދި ޑާރކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން އެންމެ ބޮޑު ބަޖެޓެއް ޚަރަދުކޮށްގެން އުފައްދާފައިވާ ފިލްމެއްކަން ފާހަގަކޮށްލެވެ އެވެ.

މި ފިލްމު ވީޑިއޯކްލަބަށް ނެރުމަށް ހަމަޖެހިފައިވާ ތާރީޚު 14 ފެބްރުއަރީއަކީ ވީޑިއޯ ކްލަބްގެ އަހަރީ ދުވަސްކަން ވެސް ފާހަގަކޮށްލެވެ އެވެ. އެމް އެސް ވީޑިއޯ ކްލަބުން އަންނަނީ ފާއިތުވި އަހަރުތަކުގައި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން އެމް-އޮރިޖިނަލްސް ބެނާގެ ދަށުން ދިވެހި އަމިއްލަ އުފެއްދުންތައް ކަމުގައިވާ ފިލްމާއި ސީރީޒް މި ޕްލެޓްފޯމް މެދުވެރިކޮށް އަންނަނީ ދިވެހިންނާ ހަމައަށް ގެނެސްދެމުންނެވެ.

މީޑިއާނެޓުގެ އެމްއެސް ޓީވީ އަދި އެމް އެސް ލައިޓް ކަސްޓަމަރުންނަށް ޓީވީ މެދުވެރިކޮށް ވީޑިއޯ ކްލަބް ޚިދުމަތައް ސަބްސްކްރައިބް ކުރެވޭނެ އެވެ. އެންޑްރޮއިޑް ސްމާޓް ޓީވީ ގެންގުޅޭ ފަރާތްތަކުން ޑީކޯޑަރަކާ ނުލާ ސީދާ އެޕްލިކޭޝަން ޓީވީއަށް ޑައުންލޯޑް ކޮށްގެންވެސް ވީޑިއޯ ކްލަބްގެ ކޮންޓެންޓް ބަލާލެވޭނެ އެވެ. ހަމައެހެންމެ އެމްއެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެ ވެސް މޯބައިލް ޑިވައިސްތަކުގެ ޒަރިއްޔާއިން މި ކޮންޓެންޓް ބެލޭނެ އެވެ.

ވީޑިއޯ ކްލަބުން އަންނަނީ ދިވެހި ފިލްމާއި ސީރީޒްގެ އިތުރުން އެހެން ގައުމުތަކުގެ ފިލްމާއި ސީރީޒް ވީޑިއޯ ކްލަބް ކޮންޓެންޓް ލައިބްރަރީގައި ހިމަނަމުންނެވެ. އެގޮތުން ޒީ5 އޮރިޖިނަލްސްގެ ސީރީޒްތަކާއި އެހެނިހެން ހިންދީ، އިނގިރޭސި އަދި ޓާކިޝް ސީރީޒް އާއި ކާޓޫން ސީރީޒްތައް ހިމެނެ އެވެ.

މީޑިއާނެޓުގެ ކުއިކްޕޭ ޕޯރޓަލް މެދުވެރިކޮށް ވީޑިއޯ ކްލަބް ސަބްސްކްރިޕްޝަނެއް ނަގާލެވޭނެ އެވެ.