ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ދިރާގުން ޚާއްސަ ޕްރޮމޯޝަންތަކެއް މިއަދު ތައާރަފުކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މި އޮފާތައް ދިރާގުން ތައާރަފްކޮށްފައި ވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ޕްރެސް ކޮންފެރެންސެއްގަ އެވެ.

ޕްރެސް ކޮންފެރެންސްގައި ވާހަކަދައްކަވަމުން ދިރާގުގެ މެނޭޖަ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ ރަމަޟާން މަހާ ދިމާކޮށްގެން މި ލޯންޗުކުރި ޕްރޮމޯޝަންތަކަކީ މި މަހަށް ތައްޔާރުވުމުގެ ގޮތުން ދިވެހިންގެ އާދަތަކާއި ސަގާފަތާ ވަރަށް އެއްގޮތް ޕްރޮމޯޝަންތަކެއް ކަމަށެވެ. އަދި މިއީ މި ޚާއްސަ މަސް ފެށުމުގެ ކުރިން ކަސްޓަމަރުންނަށް އަގުހުރި އިނާމެއް ދިނުމުގެ ގޮތުން ދިރާގުން ލޯންޗުކުރި ޕްރޮމޯޝަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ދިރާގުން ޚާއްސަ ޕްރޮމޯޝަންތަކާ ބެހޭ މައުލޫމާތު އެ ކުންފުނީގެ މާކެޓިން ޓީމުން ނޫސްވެރިންނަށް މިއަދު ދެއްްވަނީ. ފޮޓޯ: ދިރާގު

އެގޮތުން މިއަދު ލޯންޗުކުރި ޕްރޮމޯޝަންތަކަކީ:

  • ރޯދައަށް ތައްޔާރު ލަކީ ޑްރޯ: ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތައް ސަބްސްކްރައިބް ކުރާ އާ ކަސްޓަމަރުންނަށް ރޯދަމަހަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ. އެގޮތުން 10 މާޗު 2024ގެ ކުރިން ދިރާގުގެ ޚިދުމަތަކަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ކޮންމެ ހަފްތާއެކު ބޭއްވޭ މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ.

މި އިނާމު ތަކަކީ:

  • ހަފުތާ 1: ހިލޭ ގްރޯސަރީ ޝޮޕިން ސްޕްރީއެއް
  • ހަފުތާ 2: ގޭތެރެ ސާފުކުރުން
  • ހަފުތާ 3: ގޭތެރެ ކުލަލުން
  • ހަފުތާ 4: ބަދިގެ ސާމާނު ޕެކް

  • ރަމަޟާން ފްރީ ރެންޓަލް – މި ޕްރޮމޯޝަނާ އެކު 29 ފެބުރުއަރީ 2024 ނުވަތަ އޭގެ ކުރިން އާ ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ފައިބަ ބްރޯޑްބޭންޑް ޚިދުމަތަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެއް މަހުގެ ހިލޭ ބިލާއެކު ރަމަޟާން މަހަށް މަރުހަބާ ކިޔާލެވޭނެ އެވެ. އެގޮތުން އެޕްރީލް 2024ގެ ފުރަތަމަ ހަފުތާގައި ކަސްޓަމަރުންނަށް ލިބޭ ބިލްގައި މި ހިލޭ ރެންޓަލް އެޕްލައިކުރެވޭނެ.

މި ޕްރޮމޯޝަންތަކުގެ އިތުރުން ދިރާގުން ކުރިއަށް އޮތް ހަފުތާތަކުގައި ވެސް ކަސްޓަމަރުންނަށް އިތުރު ހިތްގައިމު، އަގުހުރި އާ ރަމަޟާން އޮފާތަކެއް ލޯންޗުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.