އެސްޓީއޯ އިން ވިއްކާ މަކިޓާ ޕަވާ ޓޫލްސް، ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމަށް އިއުލާންފި އެވެ.

އެސްޓީއޯއިން ބުނިގޮތުގައި އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައި ވަނީ:

ހއ. ދިއްދޫ

ށ. ފުނަދޫ، މިލަންދޫ

ނ. ވެލިދޫ، މަނަދޫ

ރ. ދުވާފަރު، މީދޫ، އަލިފުށި، އުނގޫފާރު

ބ. ތުޅާދޫ

ޅ. ނައިފަރު، ހިންނަވަރު

ކ. ކާށިދޫ، ހިންމަފުށި، ގުޅި، ތުލުސްދޫ

އއ. ރަސްދޫ، ތޮއްޑޫ

އދ. މަހިބަދޫ، މާމިގިލި

ވ. ކެޔޮދޫ

މ. މުލަށް، ދިއްގަރު، މުލި

ފ. ނިލަންދޫ

ދ. ކުޑަހުވަދޫ، މީދޫ

ތ. ތިމަރަފުށި، ވިލުފުށި

ލ. އިސްދޫ، މާވަށް

ކުރަންޖެހޭ މަސައްކަތް:

އެސްޓީއޯ އިން ވިއްކާ މަކިޓާ ޕަވާ ޓޫލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ ރަށްތަކުގައި ވިއްކުމުގެ ޚިދުމަތް ދިނުން

އެ ކުންފުނިން ބުނިގޮތުގައި ކޮންމެ ރަށަކުން ނެގުމަށް ހަމަޖެހިފައި ވަނީ ދެ އޭޖެންޓެވެ. އަދި އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ޖެނެރަލް ކޮންސްޓްރަކްޝަން މުދާ ވިއްކާ، އަދި ހާޑްވެއާ ޝޯރޫމެއް ނުވަތަ ފިހާރައެއް ހުންނަ ފަރާތްތަކަށް ވެސް ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ..

މަކިޓާގެ އުފެެއްދުންތައް ވިއްކާ އެޖެންޓަކަށް ވުމަށް އެދޭ ފަރާތްތަކުން، އަންނަ މާޗް 14 ވަނަ ދުވަހުގެ ހަވީރު 4:00 ކުރިން [email protected] އީމެއިލް އެޑްރެސް މެދުވެރިކޮށް އެޕްލިކޭޝަންފޯމް ހުށަހަޅަންޖެހެ އެވެ.

މަކިޓާ އެޖެންޓަކަށް ވުމަށް އެދި ހުށަހަޅާ ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމް (ސީޓްރެކް ބިލްޑިންގް) އިން ލިބޭނެ އެވެ.

އެ ފޯމް ހުށަހަޅާއިރު، އެޖެންޓަކަށް ވުމަށް އެދިލައްވާ ރަށުގެ ނަން ހިމަނަންވާނެ އެވެ. އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެ އެވެ.