ބީއެމްއެލް ލުއި ލޯނާއި ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް 50،000 ރުފިޔާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ގޮތުން ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތަކީ މިއަދުން ފެށިގެން އަންނަ މަހުގެ 10ގެ ނިޔަލަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ ވަގުތުން އެޕްރޫވްކޮށްދޭން ނިންމައިފަ އެވެ. މިއީ ރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރު ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ..

ބީއެމްއެލް އިން ބުނިގޮތުގައި މި ބަދަލާއެކު ޝަރުތުހަމަވާ ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ލޯނާއި ފައިނޭންސިން ލިބޭ އަދަދު ފެންނާނެ އެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ލޯނު އެޕްރޫވްކޮށް ހަތަރު ގަޑިއިރުގެ ތެރޭގައި އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.