ދިރާގު އިންޓަނެޓް ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށްފި އެވެ.

ދިރާގުން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބައެއް ކަސްޓަމަރުންނަށް އިންޓަނެޓް ލިބުމުގައި ދަތިތަކެއް މިރޭ ދިމާވި ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް، ހުރިހާ ކަސްޓަމަރުންނަށް ހިދުމަތް ދޭން ފެށިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު އިންޓަނެޓް ހިދުމަތަށް ދިމާވި މައްސަލައާ ގުޅިގެން 30 ވަރަކަށް މިނެޓް ވަންދެން ބައެއް ކަސްޓަމަރުންނަށް އިންޓަނެޓަށް ވަނުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހުނެވެ.

އިންޓަނެޓް ހިދުމަތް މެދުކެނޑި ބައެއް ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި ދިރާގުން ވަނީ މައާފަށް އެދިފަ އެވެ.

ދިރާގު އިންޓަނެޓަކީ ރާއްޖޭގައި ވަރަށް ހަލުވި ސްޕީޑެއްގައި ފޯރުކޮށްދޭ އިންޓަނެޓްގެ ހިދުމަތެކެވެ.