އަންހެން ކަނބަލުންގެ މެދުގައި ކުޅެވޭ އެންމެ ކުލަގަދަ ކްރިކެޓް މުބާރާތް "ވުމެންސް ޕްރިމިއަރ ލީގު" ގެ ދެވަނަ އެޑިޝަން ފެށެން 2 ދުވަހަށް ވެއްޖެއެވެ. މިދިޔަ އަހަރު އަލަށްފެށި މި މުބާރާތަށްވަނީ ދިވެހިރާއްޖެ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ފުރިހަމަ ތަރުޚީބެއް ލިބިފައެވެ. ފާއިތުވި އަހަރެކޭ އެއްފަދައިން މިއަހަރުވެސް މުބާރާތުގެ ފޯރިގަދަ ހުރިހާ މެޗެއް މީޑިއާނެޓު މެދުވެރިކޮށް ވަގުތުން ބެލޭނެއެވެ.

މިއަހަރުގެ މުބާރާތުގައި ކޮންމެ ދުވަހަކު ކުޅޭނީ އެންމެ މެޗެއްކަންވެސް ފާހަގަކޮށްލެވެ އެވެ. އަދި މެޗުތައް ފަށާނީ ކޮންމެ ދުވަހެއްގައި ރާއްޖެ ގަޑިން 19:00 ގައެވެ. ޓީވީ މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް ޕްލަސް (ޗެނަލް 888) އިންނެވެ. އަދި އެމް އެސް ޑިޖިޓަލް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް އެކްސްޓްރާ ޗެނަލުންނެވެ.

މި މުބާރާތުގެ އިތުރުން މާޗް މަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ މަގްބޫލު ކްރިކެޓް މުބާރާތް އިންޑިއަން ޕްރިމިއާ ލީގުގެ މެޗުތައްވެސް މީޑިއާނެޓު މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. އެއާއެކު މީޑިއާނެޓުންވަނީ މި ދެ މުބާރާތަށް ޚާއްސަ އެމް އެސް ޑިޖިޓަލް ސީޒަން ޕާސްތަކެއް ތަޢާރަފްކޮށްފަ އެވެ. އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މި މެޗުތައް ވަގުތުން ބަލާލެވޭނެއެވެ. ސީޒަން ޕާސްތަކުގެ ތެރޭގައި ހިމެނެނީ:

އެމް އެސް ސްޓާޓާ: ސީޒަން ޕާސް (ޕެކޭޖު އަގު: 99 ރުފިޔާ)– ވިމެންސް ޕްރިމިއާ ލީގު އަދި އިންޑިއަން ޕްރިމިއާ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށްވުރެން ގިނަ ޗެނަލް

އެމް އެސް ކޮމްބޯ: ސީޒަން ޕާސް (ޕެކޭޖު އަގު: 199 ރުފިޔާ)

ވިމެންސް ޕްރިމިއާ ލީގު އަދި އިންޑިއަން ޕްރިމިއާ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށްވުރެން ގިނަ ޗެނަލް އަދި ވީޑިއޯ ކްލަބް ކޮންޓެންޓް

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފާއިތުވި އަހަރުގެ ޗެމްޕިއަނުން މުމްބާއީ އިންޑިއަންސް އަދި ރަނަރަޕް ދިއްލީ ކެޕިޓަލްސް އެވެ. ޖެހިގެން އަންނަ ދުވަހު އަމިއްލަ ދަނޑުގައި ރޯޔަލް ޗެލެންޖަރޒް ބެންގަލޯ ވާދަކުރާނީ ޔޫ ޕީ ވޮރިއާޒްއާއެވެ. 23 ވަނަ ދުވަހު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތަކާއެކު އެވެ.