އާ އަހަރާ ދިމާކޮށް ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ފިހާރަތަކުން ކުރިޔަށް ގެންދިޔަ "އާފެށުމަކަށް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާ، އެ ފަރާތަށް 100،000 ރުފިޔާގެ ވައުޗަރު ހަވާލުކޮށްފި އެވެ.

ނަސީބުވެރި ފަރާތް ހޮވުމަށް ގުރުއަތުލުން ކުރިއަށްގެންދިޔައީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ވެލިގާ ހާޑްވެއާ މަޖީދީމަގު ފިހާރައިގަ އެވެ. މި އިވެންޓް ވަނީ ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކާފަ އެވެ.

ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް، ލަޔާގަތުއަށް ވައުޗާ ހަވާލުކުރީ ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު، އަބޫބަކުރު މުހައްމަދު އެވެ. މިފަރާތަށް މި ވައުޗާ ބޭނުން ކޮށްގެން ވެލިގާގެ ފިހާރަތަކުން ވައުޗާގެ އަދަދަށް ވިޔަފާރި ކުރެވޭނެ ކަމަށް ވެލިގާ އިން ބުންޏެވެ.

https://www.facebook.com/veligaahardware/photos/a.1623343224549842/2691064114444409/

ހަ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެޕްރޮމޯޟަނުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް އަދި އިތުރަށް ކުރާ ކޮންމެ 100ރުފިޔާގެ ވިޔަފާރިޔަކަށް އިތުރު ކޫޕަނެއް ކަސްޓަމަރުންނަށް ވަނީ ދޫކޮށްފަ އެވެ. އަދި 1،000 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ނަސީބުގެ ބުރު އަނބުރާލައިގެން ވަގުތުން ވެސް އެތައް އިނާމު ތަކެއް ކަސްޓަމަރުނަށް ދޫކޮށްފައިވާ ކަމަށް ވެލިގާ އިން ބުންޏެވެ. މިގޮތުން ދޫކުރި އިނާމުތަކުގެ ތެރޭގައި ކަށިގަނޑު ސެޓު، ޕަވާ ބޭންކް، އެކްޝަން ކެމެރާ، ނޯޓު ފޮތް ފަދަ އެތައް އިނާމުތަކެއް ހިމެނެ އެވެ.

ވެލިގާ އަދި ބްލަންކްގެ ކަސްޓަމަރުންގެ ފަރާތުން މި ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބުނުއިރު، ކުރިއަށް ވެސް ވެލިގާ ހާޑްވެއާ އަދި ބްލަންކް ފިހާރަތަކުން ތަފާތު ޕްރޮމޯޟަންތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް ވެލިގާއިން ބުންޏެވެ.