އަގުބޮޑު އިނާމްތަކާއެކު އެސްޓީއޯގެ މިއަހަރުގެ "ރަމަޟާން ބާޒާރު" ފަށައިފި އެވެ.

އެސްޓީއޯގެ ރަމަޒާން ބާޒާރު ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރަމަޟާން ބާޒާރުގެ ގްރޭންޑް ޕްރައިޒަސް މިފަހަރު ހަދާފައި ވަނީ ޕެކޭޖްތަކެއް ގޮތަށެވެ. އެގޮތުން އެއްވަނަ އިނާމުގެ ތެރޭގައި ހިމެނެނީ:

  1. ފިލިޕްސް އެލްއީޑީ ޓީވީ 55"
  2. ހިޓާޗީ ފްރިޖް
  3. ޓެކްނޯ ދޮންނަ މެޝިން
  4. ފިލިޕްސް ސައުންޑް ބާ
  5. ސެންފޯޑް އަވަން

ދެވަނައަށް ދޭ އިނާމްތަކަކީ

  1. ފިލިޕްސް އެލްއީޑީ ޓީވީ 55"
  2. ހިޓާޗީ ފްރިޖް
  3. ހިޓާޗީ ވެކިއުމް ކްލީނަރެއް
  4. ކުކަރެއް

ތިންވަނަ އިނާމް

  1. އޭއޯސީ ސްމާޓް ޓީވީ 43"
  2. ހިޓާޗީ ދޮންނަ މެޝިނެއް
  3. ހިޓާޗީ ވެކިއުމް ކްލީނަރެއް

މީގެ އިތުރުން ހިޓާޗީން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭން ވެސް ނިންމާފައިވެ އެވެ. އެގޮތުން ނިޕޯން ކުލައިން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ. އަދި ޓީވީ 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭން ނިންމާފައިވެ އެވެ.

އެސްޓީއޯގެ ރަމަޟާން ބާޒާރު މިއަދު ވަނީ ފަށާފައި. މިފަހަރުގެ ޕްރޮމޯޝަންގައި އަގުބޮޑު އެތައް އިނާމެއް ހިމެނޭ. ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ބުނީ ރަމަޟާން ބާޒާރަށްފަހު މަކީޓާ ޕްރޮމޯޝަން އަންނަ މާޗު މަހު ފެށޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ހޯމް އިމްޕްރޫވްމެންޓްގެ އައިޓަމްތައް އީ ސްޓޯރުން ގަތުމުން ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އަދި މީގެ ކުރިން ޑެލިވަރީކޮށްދެނީ ސުޕަމާޓުގެ އައިޓަމްތަކާއި ހޯމް އިމްޕްރޫވްމަންޓުން ގަންނަ ފްރިޖް ދޮންނަ މެޝިންފަދަ ތަކެއްޗެވެ.

އެސްޓީއޯ އިން ބުނީ ރަމަޟާން ބާޒާރުގެ ލަކީ ޑްރޯގައި ހޯމް އިމްރޫވްމަންޓުން ނަމަ 1000 ރުފިޔާއިން މަތީގެ ވިޔަފާރި ކުރެއްވުމުން އަދި ސުޕަމާޓުން ނަމަ 500 ރުފިޔާގެ ވިޔަފާރި ކުރެއްވުމުން ބައިވެރިވެވޭނެ ކަމަށެވެ.

އެސްޓީއޯގެ ރަމަޟާން ބާޒާރު މިއަދު ވަނީ ފަށާފައި. މިފަހަރުގެ ޕްރޮމޯޝަންގައި އަގުބޮޑު އެތައް އިނާމެއް ހިމެނޭ. ފޮޓޯ: އެސްޓީއޯ

"ލަކީ ޑްރޯ ހިނގަމުންދާއިރު ވެސް އަދި ނިމުމަށްފަހު ވެސް އަޅުގަނޑު ޕަބްލިކަށް ދޭން ބޭނުން މެސެޖަކީ އަޅުގަނޑުމެންގެ މި ރަމަޒާން ބާޒާރުގެ ނުވަތަ އެހެންވެސް ޕްރޮޕޯޝަނަކާ ގުޅިގެން ލިބޭ އިނާމެއް ދިނުމަށް އަޅުގަނޑުމެންގެ ސްޓާފެއްގެ މޮބައިލް ނަމްބަރުން ނުގުޅާނެކަން. ގުޅާނީ އެސްޓީއޯގެ ރަސްމީ ނަމްބަރުތަކުން އަދި ގުޅާފަ އެކައުންޓް ނަމްބަރު ނޫނީ ކޭޝްކާޑު ނަމްބަރު ހޯދަން ނާހާނެ އެކަންކަމަށް ސަމާލުކަން ދެއްވަން ވާނެ،" އެ ކުންފުނިން ބުންޏެވެ.