ދިރާގުން "އަމިއްލަ ޕޯސްޓްޕެއިޑް"ގެ ނަމުގައި މުޅިން އާ މޮބައިލް ޕޯސްޓްޕެއިޑް ޕްލޭނެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ މި އާ ޕްލޭންގައި ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށް ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒްކުރެވޭނެ ކަމަށެވެ.

ދިރާގު އަމިއްލަ ޕޯސްޓެޕެއިޑް ތައާރަފުކުރުމަށް ދިރާގުން ވަނީ ރޭ ވާރޗުއަލް އިވެންޓެއް ބާއްވާ، ދިރާގު ފޭސްބުކް ޕޭޖުގައި ލައިވްކޮށް ދައްކާފަ އެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ، ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެ އެވެ. އަދި މީގެ އިތުރުން މުޅިން އަލަށް ތައާރަފުކޮށްފައިވާ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްސްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރެވޭނެ އެވެ.

ވެލިއު ޕްކެސްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިންގ އެޑްއޮންސް ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސް ވެސް ދިރާގުން ވަނީ ހިމަނާފަ އެވެ.

"އަޅުގަނޑުމެން އަބަދުވެސް ދަނީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު މޮބައިލް ތަޖުރިބާއެއް ފޯރުކޯށްދިނުމަށް ކަސްޓަމުރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ މޮބައިލް ޔޫސޭޖް ބިހޭވިޔަރ ވަރަށް ގާތުން ބަލަމުން. އެގޮތުން އަޅުގަނޑުމެންގެ ހޯދުންތަކުން ދައްކާގޮތުގައި ފަސޭހަކަމާއެކު އަމިއްލައަށް މޮބައިލް ޕްލޭންތައް އެ ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް ޕަރސަނަލައިޒް ކޮށްލުމަކީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމެއް،" ދިރާގު މެނޭޖާ ކޮންސިއުމާ ޕޯސްޓްޕެއިޑް، އެފްބީބީ ޖަނާ އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ދިރާގު އަމިއްލަ ޕޯސްޓްޕެއިިޑަށް މިގެނައި އާ ފީޗާރސްތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޮބައިލް ޔޫސޭޖް މެނޭޖްކޮށް، ދިރާގު ކަސްޓަމާ ސެންޓަރަކަށް ޒިޔާރަތް ނުކޮށް، ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ޕެކޭޖު ބަދަލުކުރެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި ޕޯސްޓްޕެއިޑް ޚިދުމަތަށް ބަދަލުތައް ގެނައީ ހޯމް ފައިބާ ބްރޯޑްބޭންޑް، ބިޒް ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފައިވާ ދަނޑިވަޅެއްގައި އެވެ. އަދި ދިރާގުގެ އެކި އެކި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.