ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 300 ފްލެޓް އަޅަން ތިން ކުންފުންޏަކަށް ދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފި އެވެ.

އެޗްޑީސީން މިފަހަރު 300 ފްލެޓް އިމާރާތްކުރަން އިއުލާންކުރި ބީލަމުން ތިން ކުންފުންޏަކަށް ކޮންޑިޝަނަލް ސިޓީގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމުގެ ފުރުޞަތު ދީފައިވާ ކަމަށެވެ.

އެޗްޑީސީން ބުނިގޮތުގައި ހުޅުމާލޭގައި ފްލެޓް އަޅަން ކުރިމަތި ކުންފުނިތަކުގެ ތެރެއިން ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރުސީސީ)ން ހުށަހެޅީ އަކަފޫޓެއް 1،800 ރުފިޔާ އަށް ވިއްކުމަށެވެ. މީގެ އިތުރުން އެސްއޭއެސްއީ އާއި ގްލަޓް ޖޮއިންޓް ވެންޗާއިން އަކަފޫޓަކަށް 2،185 ރުފިޔާ އަދި އެސްޖޭ ކޮންސްޓްރަކްޝަންއިން އަކަފޫޓެއް 1،987 ރުފިޔާއަށް ވިއްކުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގައި ފްލެޓް އަޅަން އާރުސީއެންސީއަށް ދޭން ނިންމި ބިން އޮންނަ ސަރަހައްދުގެ ކުރެހުމެއް.

އެޗްޑީސީން ބުނީ މި މަޝްރޫއުގެ 60 ޕަސެންޓް ހައުސިން ޔުނިޓްތައް ވިއްކުމަށް ކަނޑައަޅާ އެންމެ ކުޑަ އަގަށް، އިމާރާތްކުރާ ކުންފުނިން އެއްވެސް އުނި އިތުރެއް ނުގެނެވޭނެކަން ކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ.

އެ ކުންފުނިން މިއަދު ބުނީ "މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓް"ގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 355 ހައުސިންގ ޔުނިޓްގެ އެއްބަސްވުމުގައި ކުންފުނިތަކާއެކު އަންނަ މަހު ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގައި ފްލެޓް އަޅަން ގްލަޓް ޖޮއިންޓްވެންޗާއަށް ދޭން ނިންމި ބިން އޮންނަ ސަރަހައްދުގެ ކުރެހުމެއް.

އެޗްޑީސީން ވިދާޅުވީ މި ޕްރޮޖެކްޓް ވެގެންދާނީ އާއްމުންނަށް އެންމެ ކުޑަ އަގުގައި ހުލުވާލާ ހައުސިން މަޝްރޫއަށް ކަމަށެވެ.

މެދު ފަންތިއާއި މަތީފަންތީގެ ގެދޮރުވެރިކަމަށް ޚާއްސަކޮށްގެން ގިނަ މަޝްރޫޢުތަކެއް މީގެކުރިން ވެސް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އަލަށް ފެށުމަށް ތައްޔާރުވަމުންދާ 355 ހައުސިން ޔުނިޓްގެ "މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓް"އަކީ، ޑިމާންޑާ އެއްގޮތަށް ގިނަ ޕްރޮޖެކްޓްތައް މާކެޓަށް ނެރުމަށް ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށް ދަނީ ބިޑްތައް އިވަލުއޭޓްކުރުމުގެ މަސައްކަތް ކަމަށެވެ.

ހުޅުމާލޭގައި ފްލެޓް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނަށް ދޭން ނިންމި ބިން އޮންނަ ސަރަހައްދުގެ ކުރެހުމެއް.

އެޗްޑީސީން ބުނީ ލިޔެކިޔުންތައް ފުރުހަމަ ކުރުމަށްފަހު އަންނަ މާޗްމަހު މަޝްރޫއުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމުގެ ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހައުސިން ޔުނިޓްތަކަކީ ރަނގަޅު ފެންވަރުގައި ގިނަ ޚިދުމަތްތަކާއެކު އަތްފޯރާފަށުގައި ހުޅުވާލާނެ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫއު ވެގެންދާނީ އާއްމުންނަށް އެންމެ ކުޑަ އަގުގައި ހުޅުވާލެވޭ ހައުސިން މަޝްރޫއަކަށް ކަމަށެވެ. އަދި އެކަން ކަށަވަރުކުރަން އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިގޮތުން ޢާއްމުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއައް އަމިއްލަ ފަރާތަކަށް ދިނުމުގައި ގެންގުޅޭ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.