ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގައި އެޕަލް އިން އާ އުފެއްދުންތައް ދައްކާލަން ބާއްވާ ބޮޑު އިވެންޓް ރޭ ވަނީ ބާއްވައިފަ އެވެ.

"ޓައިމް ފްލައިސް"ގެ ނަމުގައި ބޭއްވި މި އިވެންޓުގައި ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ އާ އައިފޯނު 12 ނެރޭނެ ކަމަށެވެ. އެހެން ނަމަވެސް ހީކުރިގޮތާއި ހިލާފަށް އައިފޯނަށް ލޯބިކުރާ މީހުން ރޮއްވާލާފައި އެޕަލް އިން މިފަހަރު ދައްކާލީ އައިވޮޗްގެ ސީރިސް 6 އާއި އައިޕެޑް އެއާ 4 އެވެ. މީގެ އިތުރުން އާ އަޕްޑޭޓްތަކާއި 16 ސެޕްޓެމްބަރުގައި ނެރޭ އައިއޯއެސް 14 ވެސް ވަނީ ދައްކާލާފަ އެވެ.

މި އިވެންޓްގެ ތަރިއަކީ ސީރީސް 6ގެ އައިވޮޗްކަން ޔަގީނެވެ. މި ގަޑިތަކާއި މީގެ ކުރީގެ ސީރީސްގެ ގަޑިތަކާއި ދާދި އެއްގޮތް ސިފަތަކެއް ހުއްޓަސް އާ ދެ ކުލަ ނެރެފައިވެ އެވެ. އޭގެ ތެރޭގައި ނެވީ ބްލޫ އާއި ރަތްކުލަ ހިމެނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އައިފޯނު 12 ގެ ވެސް ނެވީ ބްލޫ ކުލަ ނެރެން ވަނީ ހަމަޖެހިފަ އެވެ.

މި ވޮޗްގެ ބައެއް ހާއްސަ ފީޗާ ތަކަށް ބަލާއިރު، އޭގައި ވަނީ ނޭވާލާ މިންވަރާއި ހާޓްބީޓް މޮނިޓާ ކުރުމަށް އޮކްސިޖަން ސެޗުރޭޝަން ބެލޭނެ ސެންސާއެއް ހިމަނާފަ އެވެ. މިއާއި އެކު މިހާރުވެސް އައިވޮޗްތަކުގައި ހުންނަ ފިޓްނެސް ޓްރެކިން ފީޗާތަކަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެ އެވެ.

މި ޑިވައިސްގައި ހިމަނާފައި ވަނީ އެސް6 ޗިޕެކެވެ. ބުނެވޭ ގޮތުގައި މިއީ ކުރީގެ ވޮޗްތަކުގައި ހުންނަ އެސް5 ޗިޕަށްވުރެ 20 އިންސައްތަ ފާސްޓް ޗިޕެކެވެ.

އައިވޮޗް އެސް އީ

ކުރިންވެސް އަޑުފެތުރިފައިވާ ގޮތަށް އެޕަލް އިން މިވަނީ ބަޖެޓް ނުވަތަ އަގުހެޔޮ އައިވޮޗެއް ތައާރަފުކޮށްފަ އެވެ. އައިވޮޗް އެސް އީގެ ނަމުން ނަން ދެވިފައިވާ މި ވޮޗްގައި ސިރީސް 6 ގެ ހުރިހާ ސިފައެއް ހުންނާނެ އެވެ. އަދި ފެމިލީ ސެޓްއަޕް، ފޯލް ޑިޓެކްޝަން އަދި ކުރީގެ ޖެނެރޭޝަންގެ ބާރުގަދަ އެސް5 ޕްރޮސެސާވެސް ހިމެނޭނެ އެވެ.

އައިވޮޗް އެސްއީ