މ.މުލީގައި ޑޮމެސްޓިކް އެއާޕޯޓެއް ހަދަން 221.7 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތުގައި މުލި އެއާޕޯޓު ހެދުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަޝްރޫއުގެ ދަށުން 1،200 މީޓަރުގެ ރަންވޭއަކާއި އެއާޕޯޓުގެ މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމުގެ އިތުރަށް ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުން، ޓާމިނަލް ބިލްޑިން އަދި އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުން ހިމެނެ އެވެ.

މުލި ހިމެނޭ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ މުލީގައި އެއާޕޯޓު ހެދުމަކީ އެ އަތޮޅަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ. އަދި މިއަދަކީ މުއްޔާ ވައިގެ މަގުން ގުޅުވާލުމުގެ މަސައްކަތް ފެށުނު ދުވަސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެއް އަހަރުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމައި، އޮޕަރޭޝަނަށް ގެނެވޭނެ. މިއީ ރައީސް ސޯލިހު މ. އަތޮޅަށް ގެނެސްދެއްވާ ވަރަށް ބޮޑު ތަރައްގީއެއް،" އިކްރާމް ވިދާޅުވި އެވެ.