ދިރާގު ސްޓްރީމިން އެޑް-އޯންސް އަށް ދުނިޔޭގެ އެންމެ މަޝްހޫރުއެއް އޯޑިއޯ ސްޓްރީމިން އެޕް ކަމަށްވާ "ސްޕޮޓިފައި" ހިމަނައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ އެޕް މިހާރު ދިރާގު ޕްރީޕެއިޑް ސްޓްރީމިން އެޑް-އޮންސް، ޕްރީޕެއިޑް ސްޓްރީމިން ޕާކްސް، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް އަދި މަމެން ސްޓްރީމިން އެޑްއޮންސްގައި ވެސް ހިމެނޭނެ ކަމަށެވެ.

"ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން، ކަސްޓަމަރުން ބޭނުންވާ ކަހަލަ އެޕްލިކޭޝަންތައް ދިރާގުގެ ޚިދުމަތްތަށް މެދުވެރިކޮށް ބޭނުންކުރެވޭ ގޮތް ހެދުމަކީ ދިރާގުގެ އަބަދުވެސް އެންމެ ބޮޑު އެއް އަމާޒު. ދިރާގު ސްޓްރީމިން އެޑް-އޮންތަކަށް މި އެޕް އައުމާއެކު ދުނިޔޭގެ ހުރިހާ ހިސާބެއްގެ އެންމެ މަޝްހޫރު ފަންނާނުންގެ މިއުޒިކް އަޑު އަހާލަން ފަސޭހަވެ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވާނެކަމަށް އުންމީދުކުރަން،" ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ދިރާގު ސްޓްރީމިން އެޑް-އޮންސް ތެރޭގައި މަޝްހޫރު ސްޓްރީމިން އެޕްތަކުގެ ތެރޭގައި ޓިކްޓޮކް، ނެޓްފްލިކްސް، ޔޫޓިއުބް އަދި އެމޭޒަން ޕްރައިމް ހިމެނެ އެވެ. މި އެޑް-އޮންސްގެ ތެރެއަށް ސްޕޮޓިފައި ތައާރަފުކުރުމުން، ދިރާގު ސްޓްރީމިން އެޑް-އޮންތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ސްޓްރީމިން އެޑް-އޮން އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ 343 އަށް ކީވޯޑް އެސްއެމްއެސް ކޮށްލުމުން އެކްޓިވޭޓްކުރެވޭނެ އެވެ.