އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމްސީއީޕީ) ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ހަ ރަށެއްގައި ގާއިމުކުރަން ބީލަމަށް ހުޅުވާލައިފި އެވެ.

އެންވަޔަރުމަންޓް މިނިސްޓްރީން ބުނިގޮތުގައި އެމްއީސީޕީ މި ޕްރޮޖެކްޓުން ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތަކެއް ގާއިމުކުރުމުގެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލައިފައި ވަނީ ޒޯން ހަތަރެއް އަދި ފަހެއްގައި ހިމެނޭ މ. މުލައް އަދި ތ. ބުރުނީ، ތ. މަޑިފުށި އަދި ތ. ތިމަރަފުށި އަދި ތ. ކިނބިދޫ އަދި ތ. އޮމަދޫ އެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ " އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަން ކަށަވަރުކޮށްދޭން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވާ ގޮތުން ޖެހެ އެވެ.

ރަށެއްގައި ކުނި ނައްތާލަން ހަދާފައިވާ މަރުކަޒެއް. ފޮޓޯ: އެންވަރުމަންޓް މިނިސްޓްރީ

އެންވަޔަރުމަންޓް މިނިސްޓްރީން އެ މަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން، ވާލްޑް ބޭންކް ގައިޑްލައިންސް: އައިޑީއޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންކަމަށް ބުނެފައިވެ އެވެ.

މި މަސައްކަތަށް ހުށަހަޅާ ބީލަންތައް ހުޅުވުން ހުޅުވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްޓްރީ އޮފް ފިނޭންސްގަ އެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތައް އިތުރު މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުން ލިބޭނެ އެވެ.