ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރަމްކޯއިން "އަރަބް ލައިޓް" ތެޔޮ އޭޝިއާ އަށް އޭޕްރިލް މަހު ވިއްކާ އަގު ބޮޑުކޮށްފި އެވެ.

އޭޕްރިލް މަހު ވިއްކާ ތެޔޮ ފީފާއަކުން 1.40 ޑޮލަރު ބޮޑުކުރަން ސައުދީން ވަނީ ނިންމައިފަ އެވެ. މިއީ މާޗް މަހުގެ 0.40 ޑޮލަރަށް ވުރެ ބޮޑު އަގެކެވެ. މިއީ ސައުދީގެ ވާދަވެރި އޮމާން އާއި ދުބާއީއަށް ވުރެ 0.40 ޑޮލަރު ފީފާއަކުން ބޮޑު އަދަދެކެވެ.

މިދިޔަ ހުކުރު ދުވަހު ތެލުގެ އަގުވަނީ ދެ ޕަސެންޓް އަގު ބޮޑުވެފަ އެވެ. މިއީ މިދިޔަ 14 މަސްދުވަހުގެ ތެރޭގައި ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ސައުދީން ތެލުގެ އަގުބޮޑުކުރީ މިދިޔަ ހުކުރު ދުވަހު އޯޕެކް ގައުމުތަކުގެ ވެރިންގެ ބައްދަލުވުމަށްފަހު އެވެ. މި ބައްދަލުވުމުގައި ރަޝިއާ ނުހިމެނެ އެވެ.

އެ ބައްދަލުވުމުގައި ސައުދީން ވަނީ ދުވާލަކު އުފައްދާ ތެލުން އެއް މިލިއަން ފީފާ އުނިކުރަން ނިންމައިފަ އެވެ. -- އަލް އަރަބިއްޔާ