ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ކޮވިޑް ރިލީފް ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ.

މި ލޯނު ފަންޑަށް ކަނޑައަޅާފައިވާ އަދަދު ހަމަވުމާ ގުޅިގެން، މިދިޔަ ޑިސެމްބަރު 29 ޑިސެމްބަރު ގައި ވަނީ ފޯމު ހުށަހެޅުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އެ ފުރުސަތުގައި ހުށަހެޅި ފޯމުތައް އިވެލުއޭޓު ކުރުމަށް ފަހު ފަންޑުގައި އިތުރު ފައިސާ ހުރުމުން އަލުން އެ ފުރުސަތު ހުޅުވާލީ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ނަމަވެސް އީއައިބީ ކޮވިޑް ރިލީފް ލޯނު ފަންޑަށް އެދި މިހާތަނަށް ބޭންކަށް ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު މިފަންޑުގައި ބާކީ ފައިސާ ހުރުމާއެކު ބޭންކް އޮފް މޯލްޑިވްސް އިން މިވަނީ މި ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލާފަ އެވެ.

އީއައިބީ ލޯނަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ތައާރަފްކުރި ލޯނެކެވެ.

ލޯނަށް އެދިހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް [email protected] އީމެއިލް މެދުވެރިކޮށް މިމަހުގެ 31ގެ ކުރިން ހުށަހެޅޭނެ އެވެ.

އީއައިބީގެ ލޯނަކީ ހަ ޕަސެންޓު އިންޓްރެސްޓް ރޭޓުގައި ދޫކުރާ ލޯނެކެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެ އެވެ.