ރޯދަމަހަށް ހާއްސަކޮށްގެން ވެލިގާ ހާޑްވެއާ އަދި ބްލަންކް ފިހާރަތަކުން ރޯދަ ސޭލް ފަށައިފި އެވެ.

ވެލިގާ އިން ބުނިގޮތުގައި 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ މި ޕްރޮމޯޝަން މިއަދުން ފެށިގެން އޭޕްރިލް 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ޕްރޮމޯޝަން މުއްދަތުގައި ކުރާ ކޮންމެ 100 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު, އިތުރަށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ އެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ އޮންލައިން ކޫޕަން ސިސްޓަމެއް ބޭނުން ކޮށްގެން ކަމުން ވިޔަފާރި ކުރާއިރު ކަސްޓަމަރުގެ ފޯނު ނަންބަރު ދިނުމުން ޕްރޮމޯޝަންގައި އެފަރާތަށް ބައިވެރިވެވޭނެ ކަމަށް ވެލިގާ އިން ބުންޏެވެ. އަދި ބައިވެރިވެވިފައި ވާކަން އެންގުމުގެ ގޮތުން ކަސްޓަމަރަށް މެސެޖެއް ފޮނުވޭނެ އެވެ. މި މެސެޖުގައިވާ ލިންކަށް ފިތާލުމުން ކަސްޓަމަރުނަށް ލިބިފައިވާ ކޫޕަންގެ ތަފުސީލު ފެނިގެންދާނެ އެވެ.

ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހުށައެޅިފައިވާ ވާއިރު, މުޅި ޕްރޮމޯޝަން އެއް ވަނައަށް ހޮވޭ ފަރާތަކަށް 50,000 ރުފިޔާގެ ވައުޗަރެއް, ދެ ވަނައަށް 30,000 ރުފިޔާގެ ވައުޗަރެއް އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 20,000 ރުފިޔާގެ ވައުޗަރެއް ލިބޭނެ އެވެ. މިފަރާތްތަކަށް ވައުޗަރު ބޭނުން ކޮށްގެން ވައުޗަރުގެ އަދަދަށް ވެލިގާގެ ފިހާރަތަކުން ވިޔަފާރި ކުރެވޭނެ އެވެ.

މީގެ އިތުރުންވެސް އިތުރަށް ހޮވާލެވޭ ނަސީބުވެރި ދިހަ ފަރާތަކަށް އިތުރު އަގުހުރި އިނާމުތަކެއް ހުށައެޅިފައިވެ އެވެ. މިގޮތުން ލިބޭ އިނާމު ތަކުގެ ތެރޭގައި ޓީވީ, ކޮފީ މެޝިން, ލެޕްޓޮޕް, ޕަވާރ ޓޫލް ކިޓް އަދި ހޯމްޑެކޯ ޕެކް ހިމެނެ އެވެ.