Advertisement

ސީޕްލޭންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: އެމްއޭސީއެލް

ސީޕްލޭން ދަތުރުތައް ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ

FacebookTwitterWhatsAppTelegramViber

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އާދިއްތަ ދުވަހު ސީޕްލޭން މޫވްމެންޓް ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ އެވެ.

އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ބުނީ މިމަހުގެ މިދިޔަ އާދީއްތަ ދުވަހު 531 ސީޕްލޭން މޫވްމެންޓް ވީއައިއޭގައި އެކަނި ރެކޯޑް ކުރެވިފައިވާ ކަމަށެވެ. މިއީ އެއާޕޯޓުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނައިން ސީޕްލޭން ރެކޯޑް ކުރެވިފައިވާ 517 މޫވްމެންޓާ އަޅާބަލާއިރު ތިން ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި މިވަގުތު ސީޕްލޭންގެ ހިދުމަތް ދެނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މޯލްޑިވިއަން އެވެ.

ވެލާނާ އެއާޕޯޓުގެ ސީޕްލޭން މޫވްމެންޓް އިތުރުވެފައި މި ވަނީ ޓޫރިޒަމްގެ ހައި ސީޒަންއާ ދިމާކޮށެވެ. މިދުވަސްވަރު ސީޕްލޭންގެ ދަތުރުތައް އިތުރު ވަނީ ރިސޯޓުތަކަށް ދަތުރުކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވުމުންނެވެ. މި އަހަރުގެ ޓޫރިސްޓު ސީޒަންއާ ދިމާކޮށް މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު 110 އިންޓަނޭޝަނަލް ފްލައިޓު އަދި 102 ޑޮމެސްޓިކް ފްލައިޓް ޖައްސާފައިވެ އެވެ. އެ ދުވަހު 517 ސީޕްލޭން ވެސް ޖައްސާފައިވެ އެވެ. މިއީ އޭގެ ކުރިން އެއް ދުވަހާ އެންމެ ގިނަ އަދަދަކަށް ފްލައިޓް މޫވްމަންޓް ރެކޯޑުކުރެވުނު ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އަށް 1.4 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top