ދަރުމަވަންތަ ހޮސްޕިޓަލް ބޭނުންކޮށްގެން 200 މިލިއަން ޑޮލަރުގެ ސުކޫކެއް ނުވަތަ އިސްލާމިކް ބޮންޑެއް ވިއްކުމަށް ސަރުކާރުން ނިންމައިފި އެވެ.

ރޮއިޓާސްއިން ބުނި ގޮތުގައި، މި މުއާމަލާތަކީ ކްރެޑިޓް ސުއިސޭ، އެމިރޭޓްސް އެންބީޑީ ކެޕިޓަލް، އެޗްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ދަ ޕްރަވެޓް ސެކްޓާ (އައިސީޑީ)އާ ގުޅިގެން ކުރުމަށް ހަމަޖެހިފައިވާ މުއާމަލާތެއް ކަމަށް ލިޔެކިޔުންތަކުން ދައްކަ އެވެ. އަދި އެ ބޮންޑްގެ އިންޓަރެސްޓް ރޭޓަކީ 10.5 ޕަސެންޓް ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.

މޫޑީސް އިން ބީ3 ރޭޓްކޮށްފައިވާ ހައި ކްރެޑިޓް ރިސްކްގެ މި ލޯނުގެ މުއާމަލާތް އޭޕްރީލް 8 ވަނަ ދުވަހު ސެޓްލް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެލިޔުމުގައިވެ އެވެ.

ސުކޫކަކީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ވިއްކާ ބޮންޑެވެ. އެސްޓް ބޭސްޑް ސުކޫކުގެދަށުން އިންވެސްޓްކުރާ ފަރާތަށް ލިބޭނީ ބެނެފިޝަލް އޯނާޝިޕެވެ. އެހެންކަމުން، އެއީ ދަރުމަވަންތަ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނުވަތަ ރަހުނު ކުރުމެއް ނޫނެވެ.