މާލޭގައި ތިން ފަށަލައިގެ ޑިސްޕޯސެބަލް މާސްކް އުފައްދާ ފެކްޓަރީއެއް ގާއިމްކޮށްފި އެވެ.

ރާއްޖެއިން ބޭރުން ފެކްޓަރީއައް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓްސް އެތެރެކޮށް، މި ފެކްޓަރީ ވުޖޫދަށް ގެނައީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ނަކް ޕްރައިވެޓް ލިމިޓެޑުންނެވެ.

"މައި މާސްކް ފެކްޓަރީ"ގެ ނަމުގައި ހިންގާ ފެކްޓްރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހިލްމީ "ހުރިހާ"އަށް ވިދާޅުވީ ފެކްޓްރީ ހެދުމަށް ދިމާވި ދަތިތަކާއެކު ވެސް މަސައްކަތްތައް ނިންމާ މާސްކް އުފައްދަން މިހާރު ފަށާފައިވާ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޭސް މާސްކް އުފެއްދުމުގެ މަސައްކަތް އަމިއްލަ ބަޔަކު ކުރަނީ.

"އަޅުގަނޑުމެންގެ ޢަމާޒަކަށްވީ ކޮވިޑްގެ ބަލިމަޑުކަމުން އެންމެ ފުރިހަމައަށް ރައްކާތެރިކަން ފޯރުކޮށްދޭ އަސާސީ ވަސީލަތެއްކަމަށް ސިއްޙީ މާހިރުން ލަފާދޭ ތިން ފަށަލައިގެ ޑިސްޕޯސެބަލް މާސްކް އަތްފޯރާ ފަށުގައި ދިވެހިންނަށް ފޯރުކޮށްދިނުން،" ހިލްމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މައި މާސްކް އުފައްދަނީ ހޮސްޕިޓަލްތަކުގައި ވެސް ބޭނުންކުރެވޭ ފެންވަރަށް ޔޫރަޕިއަން ސްޓޭންޑަޑްގެ މޮޅު މެޓީރިއަލް ބޭރުން ގެނެސްގެން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މާސްކް އުފައްދާ މިންގަނޑުތަކަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު މެޝިނަރީ ބޭނުންކޮށްގެން ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޭސް މާސްކް އުފެއްދުމުގެ މަސައްކަތް އަމިއްލަ ބަޔަކު ކުރަނީ. ކޮވިޑާއެކު ފޭސްމާކް އެޅުން މަޖުބޫރުވެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައި.

"މި މާސްކުގައި ތިން ފަށަލައެއް ހިމެނޭ. މީގެ އެންމެ މުހިއްމު ފަށަލައަކީ މެދުގައި ހުންނަ ފިލްޓަރު ފަށަލަ. މައި މާސްކްގައި ހުންނަ ފިލްޓަރަކީ ބީއެފްއީ 99 ޕަސެންޓްގެ ފިލްޓަރެއް،" ހިލްމީ ވިދާޅުވި އެވެ.

ފެން ހަރުނުލާ ފަދަ ބޭރު ފަށަލައަކާއި މާސްކް އަޅައިގެން ތިބޭއިރު ނޭވާލުމަށް ފަސޭހަވާފަދަ އެތެރެ ފަށަލައެއް ހިމެނޭ އިރު، މާސްކުގައި އަޅާ މީހާއަށް އުނދަގޫ ނުވާނެ ފަދަ ކަންފަތުގައި އަޅުވާ ވާ ކޮޅެއް ވެސް މިމާސްކުގައި ހިމެނެ އެވެ. އަދި އެކި ކުލަކުލައިގެ މާސްކް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ ކަމަށާއި ސްކޫލު ކުދިންނަށް ޙާއްސަކޮށްގެން ކުޑަކުދިންގެ މާސްކް މިހާރު އުފައްދަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޭސް މާސްކް އުފެއްދުމުގެ މަސައްކަތް އަމިއްލަ ބަޔަކު ކުރަނީ. ކޮވިޑާއެކު ފޭސްމާކް އެޅުން މަޖުބޫރުވެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައި.

ފުރިހަމަ ރައްކާތެރިކަމާއެކު ގެންގުޅެވޭނެ ގޮތަށް ކޮންމެ މާސްކެއް ވަކިވަކިން އުރައިގައި ބަންދުކޮށްފައިވާ ޕްރިމިއަމް ޕްރޮޑަކްޓް އިން ފެށިގެން 50 މާސްކްގެ ބަންޑެލި ބާޒާރަށް މިހާރުވަނީ ނެރެފަ އެވެ.

ހިލްމީ ވިދާޅުވީ މިވަގުތު ބާޒާރުން ހެޔޮއަގުގައި ލިބެން ހުރި އެންމެ ކޮލިޓީ ޑިސްޕޯސެބަލް މާސްކަކީ މައި މާސްކް ކަމަށްވާތީ މި މާސްކަށް ބޮޑު ތަރުޙީބެއް ލިބޭ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޭސް މާސްކް އުފެއްދުމުގެ މަސައްކަތް އަމިއްލަ ބަޔަކު ކުރަނީ. ކޮވިޑާއެކު ފޭސްމާކް އެޅުން މަޖުބޫރުވެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައި.

"އަޅުގަނޑުމެނަށް ބައެއް ރިސޯޓުތަކާއި ކުންފުނިތަކުން އެބޭފުޅުންގެ ލޯގޯ ނުވަތަ ނަން މާސްކުގައި ޖަހައިދިނުމަށް ވެސް އެދެމުންދޭ. އަޅުގަނޑުމެންގެ މެޝިނަރީ ބޭނުންކޮށްގެން ލޯގޯ އާއި ނަން ވެސް ޖެހޭނެ. އަދި ބޭނުން ގޮތަކަށް ޕެކޭޖްކޮށްދިނުމުގެ ހިދުމަތް ވެސް އަޅުގަނޑުމެން ދެން." ހިލްމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒުވާން ކުންފުންޏަކުން މިފަދަ މުހިއްމު ފެކްޓަރީއެއް ގާއިމުކުރުމާއެކު އަތްފޯރާފަށުގައި ދިވެހިންނަށް ބޭނުންވާ މާސްކް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެކަން ކަށަވަރުވެފައިވާތީ ސަރުކާރުން އެކަމަށް ހިތްވަރުދީ މަރުހަބާ ކިޔާ ކަމަށެވެ.